މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިއްޔެ ހާމަ ކުރި އެވެ،
މި ވައިރަހަކީ ބަންދު ތަންތަނުގެ އިތުރުން ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ހަލުވިކަމާ އެކު ފެތުރޭ ވައިރަސްއެއް ކަމުން އެޗްޕީއޭއިން ވަނީ މީހުން ގިނަ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭ އިން ވަނީ ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި އުކާލުމަށާއި، ބްލީޗް ބޭނުންކޮށްގެން ދިރިއުޅޭ ތަން ސާފުކުރުމަށް އަންގާފަ އެވެ.
އަދި, ގިނަ ގިނައިން އަތް ދޮންނަން ވެސް ވަނީ އެދިފަ އެވެ. އެގޮތުން. ހޭންޑް ސެނިޓައިޒަ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ ކަމަށާއި، ރަނގަޅަށް ސައިބޯނިލައިގެން އަތް ދޮންނަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އޭގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

މާލޭގައި ބުދަ ދުވަހުގެ ރެއިން ފެށިގެން ފެތުރެނީ ހޮޑުލެވޭ ވައިރަލް ރޯގާއެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހޮޑުލުމުގެ އިތުރުން ބޮޑުކަމުދިޔުން ވެސް ހިމެނެ އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން

މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ހޯމް މިނިސްޓްރީ އާއި ދިރާގު ގުޅިގެން ބޭއްވި ޑްރޯން ޝޯ ރައީސް ސޯލިހު ބައްލަވާ ލައްވަނީ.












