ޕީޕީއެމްގެ ފަހަތަކަށް ނާރާނަން، އަޅުގަނޑަކީ ރިޔާސީ ކެނޑިޑޭޓެއް: ނާޒިމް

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ނާޒިމް -- ފޮޓޯ: ޝާބިން/އަދަދު

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ނާޒިމް -- ފޮޓޯ: ޝާބިން/އަދަދު

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާއެކު ކޯލިޝަން ހެދުމުގެ ވިސްނުން ނެތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަދަދު" ނޫހުން ގެނެސްދޭ "އެތެރެފުށް" ޕްރޮގްރާމުގައި އިދިކޮޅު ޕީޕީއެމްއާ އެކު ކޯލިޝަނަކުން ފެނިދާނެތޯ ސުވާލުކުރުމުން ނާޒިމް ވިދާޅުވީ، މިވަގުތުގެ ހާލަތަށް ބަލާއިރު، ޕީޕީއެމްއާއެކު ކޯލިޝަނަކަށް ދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިވަގުތުގެ މިހާލަތަށް ބަލާއިރުގަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެކަން ނުރެވިދާނެ ކަމަކަށް. އަޅުގަނޑު މިހުރީ ހަމަ ރިޔާސީ އިންތިހާބުގައި ﷲގެ އިރާދަފުޅާއެކު ހަމަ ވާދަކުރަން،" ނާޒިމް ވިދާޅުވި އެވެ.

Advertisement

ނާޒިމް ވިދާޅުވީ އެކުގައި މަސައްކަތް ކުރާ ކޮންމެ ބަޔަކަށް ވެސް މަރުހަބާ ކިޔާ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ޕާޓީއެއްގެ ފަހަތަށް އެރުމުގެ ވިސްނުން ނެތް ކަމަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާނުކުރައްވާފައިވާ ނާޒިމް ވިދާޅުވި އެވެ.

އެހެން ޕާޓީތަކާއެކު ވެސް މަޝްވަރާކުރެވެމުން އަންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެން ނަމަވެސް ހުރިހާ ޕާޓީއަކުން އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސް ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ޕާޓީއެއްގައި ވެސް އެޕާޓީގެ ފަލްސަފާތަކެއް އެބަ އޮވޭ. އެ ފަލްސަފާތައް ދޫކޮށްފައި އެއްވެސް ބަޔަކު ބޭނުމެއް ނުވޭ އެއްވެސް ބައެއްގެ ފަހަތައް އަރާކަށް. އެހެންވީމަ އަޅުގަނޑަށް ހީވަނީ ފުރަތަމަ ބުރަކީ އަޅުގަނޑުމެން ހުރިހާ ޕާޓީތައް ވަކިން ނިކުންނަން ޖެހޭ ބުރެއްކަން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އިދިކޮޅު ހުރިހާ ޕާޓީތަކަށް ވެސް އެއްބަސް ވެވޭ ކަމަކީ މިހާރު އޮތް ސަރުކާރު ބަދަލުކުރަން ޖެހޭ ކަން ކަމަށެވެ. އަދި އެހެން ޕާޓީތަކާއެކު ސަރުކާރު ބަދަލުކުރުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޝްވަރާކުރަމުން މިދަނީ. އަދި އެއްވެސް ބޭފުޅެއްގެ ފަހަތައް މަސައްކަތް ކުރުމަކަށް އަދި އެއްބަސްވުމަކަށް ނާދެވޭ،" ނާޒިމް ވިދާޅުވި އެވެ.

ދާދި ފަހުން ދަ ޑިމޮކްރެޓްސް އާއި ޖޭޕީ އަދި ނާޒިމްގެ އެމްއެންޕީ އިން ވަނީ ބައްދަލުކޮށް ޕީޕީއެމްއިން ރުހޭނަމަ ހުރިހާ ޕާޓީއަކުން އެއް ކެނޑިޑޭޓަކު ނެރެން ނިންމާފަ އެވެ. އެހެން ނަމަވެސް ޕީޕީއެމްއިން އެ ހުށަހެޅުން ގަބޫލެއް ނުކުރެ އެވެ. އެޕާޓީއިން ގަބޫލުކުރަނީ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކަމާއި، އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނަން ޖެހޭނެ ކަމަށެވެ.

ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ހުއްޓުމަކަށް އައިސްފަ އެވެ.

ޕީޕީއެމް/ޕީއެންސީން ޔާމީނަށް ރިޔާސީ ޓިކެޓު ދިން ނަމަވެސް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox