ކްރިމިނަލް ކޯޓަށް ޖާގައިގެ ދަތިކަމާއެކު، އަނެއްކާ ވެސް މައްސަލަތައް ލަސްވުމުގެ ކަންބޮޑުވުން

ކްރިމިނަލް ކޯޓަށް ޖާގައިގެ ދަތިކަމާއެކު، އަނެއްކާ ވެސް މައްސަލަތައް ލަސްވުމުގެ ކަންބޮޑުވުން

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ދާ އިމާރާތުގައި ހިމެނޭ ހަތަރުބުރީގެ ބާ އިމާރާތް ބޭނުންކުރުން ހުއްޓާލި ފަހުން، އާ އިމާރާތުގެ މަސައްކަތް ނިމުން ލަސްވާތީ މައްސަލަތައް ފުނިޖެހުމުގެ މައްސަލަ ބޮޑު ވެއްޖެ އެވެ.

އިމާރާތުގެ ހާލަތު ވަޒަން ކުރުމަށްފަހު 2017 ވަނަ އަހަރު ގެޑޯ ޕްރައިވެޓު ލިމިޓެޑުން ތައްޔާރުކުރި ރިޕޯޓެއްގައި ވެސް އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ލިޔެފައިވެ އެވެ. އެއަށްފަހު ވެސް އައި އެތައް ޝަކުވާތަކަށް ފަހު މި އަހަރު ކުރީކޮޅު އެ ތަން ބަންދު ކުރަން ޖުޑިޝަރީން ނިންމީ އެވެ.

އެއާއެކު، ކްރިމިނަލް ކޯޓުގައި ހަލުވިކަމާއެކު ހިނގަމުންދިޔަ ޝަރީއަތްތައް މަޑުޖެހި، ކޯޓުގެ މަސައްކަތް ގާތްގަނޑަކަށް ހުއްޓުމަކަށް އައެވެ. މިހާރުގެ ވަގުތީ އިންތިޒާމުތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގައި ބޭނުން ކުރަނީ އެންމެ ފަސް ކޯޓު ރޫމެވެ. ޝަރީއަތް ކުރާ 10 ސެކްޝަން އޮންނަ އިރު، މިހާރު ސެކްޝަނަކަށް މަހެއް މައްޗަށް ބޭއްވެނީ ގާތްގަނޑަކަށް 11 އަޑުއެހުމެކެވެ. މީގެ ކުރިން ކޯޓު ހުޅުވާ ކޮންމެ ދުވަހަކު ކޮންމެ ސެކްޝަނަކަށް ވެސް އަޑުއެހުން ބޭއްވެ އެވެ.

Advertisement

"ކުރީގައި 24 އަޑުއެހުން ބޭއްވޭނެ، މިހާރު ބޭއްވޭނީ 11 އަޑުއެހުން، ސެކްޝަން މީހުން ކަމެއް ނިންމަން، މަސައްކަތެއް ރާވަން، މީޓިން ރޫމުގަނޑެއްހާ ހިސާބު ވެސް މިހާރު ނެތް، ދެން އޮންލައިންކޮށް އަޑުއެހުން ގެންދަން ބަލިޔަސް، ކޯޓު އޮފިސަރުންނަށް އަސްލު މުހިންމު ކޯޓުން އެ ކަން ކުރަން،" މިހާރު ޝަރީއަތްތައް މަޑުޖެހިފައި އޮތް ވަރު ކިޔައިދެމުން ކޯޓުގެ މުވައްޒަފަކު ކިޔައިދިނެވެ.

އޭގެ އިތުރުން މިދިޔަ މަހަކީ ސަރުކާރު ބަންދު ދުވަސްތައް ގިނަ މަހަކަށް ވާތީ މިދިޔަ މަހު ސެކްޝަނަކަށް ލިބުނީ ވެސް ގާތްގަނޑަކަށް ހަތް ދުވަހެވެ. އޭގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ ކެންސަލްވި އަޑުއެހުންތައް ވެސް ހިމެނޭ އިރު، ކޮންމެ މަހަކު ވެސް ސެކްޝަނަކަށް އާ އެތައް މައްސަލައެއް ލިބެ އެވެ.

"ކޯޓަށް މައްސަލަ ވަންނަ ވަރަކަށް އެބަ ވަދޭ، މަހެއްގެ މައްޗަށް އާންމުކޮށް 10 އަކަށް ވުރެ ގިނަ އާ މައްސަލަ އެބަ ލިބޭ،" އޭނާ ބުންޏެވެ.

މައްސަލައެއްގައި ބަންދާ މެދު ގޮތެއް ނިންމަން ޖެހޭ އަޑުއެހުމެއް އޮވެއްޖެނަމަ އެ އަޑުއެހުމެއް ބާއްވަން އިސްކަމެއް ދޭން ޖެހެ އެވެ. އަދި އުފުލާފައިވާ ދައުވާއަށް އެއްބަސްވެގެން އަވަސް ނިޔާގެ ދަށުން އަވަހަށް ނިންމަން ޖެހޭ އަޑުއެހުންތަކަށް ވެސް ކޯޓަށް އިސްކަމެއް ދޭން ޖެހެ އެވެ.

"އެެހެން ވެސް ބައިވަރު އަޑުއެހުންތަކެއް ބާއްވަން ޖެހޭ އިރު، އެ ކަންކަމަށް އިސްކަން ދޭ އިރުގައި މި ވާ ގޮތަކީ އެހެން އެތައް މައްސަލައެއް މަޑުޖެހުމަކަށް އެ އަންނަނީ،" ކޯޓުގެ މުވައްޒަފަކު ބުންޏެވެ.

ވާހަކަ ދެއްކި ބައެއް ދިފާއީ ވަކީލުން ވެސް ބުނި ކަމަކީ ބާ އިމާރާތް ބަންދު ކުރި ފަހުން އެ މީހުންގެ ބައެއް މައްސަލަތަކަށް އެއް ގޮތަކަށް ވެސް ނޯޓިސް ނުލިބޭ ކަމަށެވެ. ސެކްޝަނަކަށް ހަފުތާއިން ދުވަހެއް ނޫނީ ދެ ދުވަހެއް ލިބޭއިރު، އެއް ދިފާއީ ވަކީލުން ހިމެނޭ މައްސަލަތަކެއް ގިނަ ނަމަ އެއިން ބައެއް މައްސަލަ ޖެހޭނީ ކެންސަލް ކުރާށެވެ.

"އާންމު ކަމެއް އެއީ، ދެން ކުރިން ޗިޓު ފޮނުވޭ މައްސަލައިގެ އަޑުއެހުމަކަށް އިސްކަން ދޭނީ، ޖާގައިގެ ދަތިކަން އަންނަ އިރު މަދު އަޑުއެހުމެއް ތާވަލުކުރެވޭ ހާލަތެއްގައި މި ފަދަ ގޮތަކަށް ދިމާވެއްޖެއްޔާ ވަރަށް ބޮޑަށް މައްސަލަތަކުގެ ދުވެލި އެ ލަސް ވަނީ،" ވަކީލަކު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި މަސައްކަތުގެ ޖަގާއިގެ ދަތިކަމަށް އަވަސް ހައްލެއް ލިބުމަކީ ފަނޑިޔާރުންނާއި، ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ އިތުރުން މުޅި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ ފަރާތްތަކަކުންވެސް އެދޭ ގޮތެވެ.

ކްރިމިނަލް ކޯޓުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ހުޅުމާލޭގައި ކުރިން ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި ތަން ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނޭ އިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ މިހާރު ދަނީ ކުރެވެމުންނެވެ. އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހުމާއެކު، މިހާރު އެ މަސައްކަތާ ހަވާލުވެފައިވަނީ އާބަންކޯ އިންނެވެ. އެ މަސައްކަތް ނިންމާލެވި ކްރިމިނަލް ކޯޓާ ހަވާލުކުރެވުމުން މެނުވީ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ތާށިވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox