ހުލާސާކޮށް އިއްޔެ: އިލްޔާސް ހުންނަވާނީ ނަޝީދުގެ ފަހަތުގައި

Jul 23, 2023, 1:43 AM
 ޑިމޮކްރެޓްސްގެ ޖަގަހައިގައި ރޭ އިލްޔާސް ލަބީބު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޑިމޮކްރެޓްސްގެ ޖަގަހައިގައި ރޭ އިލްޔާސް ލަބީބު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ކުރިއަށް ވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ހުންނަވައިގެން ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް އިލްޔާސް ލަބީބް ރޭ ވިދާޅުވި އެވެ.

ސަޕޯޓަރުންނާއެކު ޕާޓީ ޖަގަހައިގައި ބޭއްވި ހަރަކާތެއްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިލްޔާސް ވިދާޅުވީ އޭނާގެ "ސިޔާސީ މުދައްރިސު" ނަޝީދުގެ "މައްޗަށް އެރޭނެ ގޮތެއް ނޯންނާނެ" ކަމަށެވެ.

"އަޅުގަނޑުގެ ސިޔާސީ ޓީޗަރަކީ، އަޅުގަނޑުގެ މުދައްރިސަކީ ރައީސް ނަޝީދު. އެބޭފުޅާގެ ފަހަތުގައި އަޅުގަނޑު ކުރިއަށްދަނީ އަދި ދެންވެސް ދާން އޮތީ އެ ބޭފުޅާގެ ފަހަތުގައި. އަޅުގަނޑަށް އެބޭފުޅާގެ މައްޗަށް އެރޭނެ ގޮތެއް ނޯންނާނެ،" ލަބީބް ވިދާޅުވި އެވެ.

"ރާއްޖޭގެ ސިޔާސީ މަޝްރަހު ބައްޓަން ކުރައްވާ މިހިސާބަށް ގެންދެވި ބޭފުޅަކީ ރައީސް ނަޝީދޭ. އެއީ އަޅުގަނޑުމެންގެ ސިޔާސީ މުފައްކިރު."

އިލްޔާސް ވިދާޅުވީ ރައީސް ސޯލިހު އާއި ނަޝީދާ މެދުގައި އޮތްފަދަ ގާތް ގުޅުމެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހު އަމަލުކުރެއްވި ފަދައިން ނަޝީދަށް ނަހައްދަވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ޑިމޮކްރޭޓްސްގެ ހަރުގޭގައި ބޭއްވި ބައްދަލުވުމަކީ އެޕާޓީގެ ޕްރައިމެރީ ކެންޑިޑޭޓު ދަސްކޮށްލުމަށް ބޭއްވި ހަރަކާތެކެވެ. އެ ބައްދަލުވުމުގައި އާންމު މެމްބަރުންނަށް އިލްޔާސްއާ ސުވާލުކޮށް ހިޔާލު ބަދަލުކޮށްލުމުގެ ފުރުސަތު ދިނެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ.

ޕީޕީއެމުން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. މިވަގުތު މާފުށީ ޖަލުގައި ހުންނެވި ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރުމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ހުޅުމާލޭ ފޭސް ދޭއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހައެއް އިއްޔެ ހުޅުވައިދެއްވުމަށް ފަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ހިތްހަމަޖެހިގެން ނުއުޅެވުނު ކަމަށާއި މާރާމާރީ އާއި ހަމަނުޖެހުން އެއިރު އޮތީ އާންމުވެފައި ކަމަށެވެ.

އަޅުގަނޑު ގޭގައި ހުރެފައި މަޖިލީހަށް ދިޔަ ދިިޔުމާ ދޭތެރޭގައި، މަޖިލީހާ ދިމާލަށް އޮންނަ މަގަށް އަޅާލާއިރު ލޭ މަތިން ހުރަސްކޮށްފައި ކިތަންމެ ދުވަހަކު ދާންޖެހޭ. ރައްޔިތުން އެކަކު އަނެކަކާ ރުޅިގަދަވެ، ކަތިލާފައި ތިއްބާ. ކަޓަރު އަޅާ، މާރާމާރީ ހިންގާ، މިކަންކަން އޮތީ އާންމުވެފަ،"

ދުވަހުގެ ފޮޓޯ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުން ފުލުހުންގެ ވެހިކަލްގައި ތިބެ އަޑުގަދަކުރާއިރު، އެސްއޯ ދެ ފުލުހަކު ވާހަކަ ދައްކަމުން ދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުން ފުލުހުންގެ ވެހިކަލްގައި ތިބެ އަޑުގަދަކުރާއިރު، އެސްއޯ ދެ ފުލުހަކު ވާހަކަ ދައްކަމުން ދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުން ފުލުހުންގެ ވެހިކަލްގައި ތިބެ އަޑުގަދަކުރާއިރު، އެސްއޯ ދެ ފުލުހަކު ވާހަކަ ދައްކަމުން ދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox