ރިޔާސީ ދެ ވަނަ ދައުރެއް ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ކެމްޕެއިންގައި ހއ. ގެ ރަށްތަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅަށް ފަހު ރޭ ދަންވަރު ވަނީ މާލެވަޑައިގެންފަ އެވެ.
އެމަނިކުފާނުގެ މި ދަތުރު ފެއްޓެވީ ބުދަ ދުވަހު ހޯރަފުށިންނެވެ. ނިންމާލެއްވީ ރޭ ދިއްދޫގައި ބޭއްވި ބޮޑު ޖަލްސާއިންނެވެ. އެ މަނިކުފާނާ ދެކޮޅަށް ބައެއް ރަށްރަށުން އަޑުއުފުލި ނަމަވެސް، ރަށްތަކުން ވަރަށް ބޮޑު ތާއިދަށް އޮތްކަން ފެނެ އެވެ.
ހއ. ގެ ކެމްޕެއިންގައި އެ އަތޮޅުގެ ރަށްތަކަށް ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެގޮތުން ދަތުރުގެ އެންމެ ފަހު މަންޒިލުކަމުގައިވާ ހއ. ދިއްދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ރަށުގެ ބިން ހިއްކައި އެއާޕޯޓެއް ގާއިމްކޮށްދޭނުމުގެ އިތުރުން، ފަޅުގައި ޕިކްނިކް އައިލެންޑެއް ވެސް ހަދާނެ ކަމަށެވެ.
"ދިއްދޫގައި އިރާދަކުރެއްވިއްޔާ ބިން ހިއްކި ނިމިގެން ދާއިރު މިރަށުގަ އެއާޕޯޓެއް ވެސް އެޅިގެން ދާނެ އަދި ދިއްދޫ ރައްޔިތުން ބޭނުންވާ ޕިކްނިކް އައިލެންޑު ވެސް ބިން ހިއްކިގެން ދާއިރު ކައިރިން ފެނިގެން ދާނެ" ރައީސް ސޯލިހު ވިދާޅުވި އެވެ.
މިހާތަނަށް ސަރުކާރުން ވަނީ ހއ. ހޯރަފުށި އަދި ގދ. ފަރެސްމާތޮޑާ ގައި އެއާޕޯޓެއް ގާއިމްކޮށްފަ އެވެ. އަދި އިތުރު ހަތަރު އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިއަށް ދެއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓު މަހު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބާރަ ރަށެއްގެ ބިން ހިއްކާ ނިމިއްޖެ. 13 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެދަނީ. ދަންނަވަންތޯ، ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ އޮގަސްޓުމަހުގެ ތެރޭގައި ފެށިގެން ދާނެ" ރައީސް ސޯލިހު ވިދާޅުވި އެވެ.
ހޯރަފުށީގައި އެއާޕޯޓެއް އޮތް ނަމަވެސް ދިއްދޫއިން ފުރައިގެން އެރަށަށް ދިއުމަށް ގިނަ އިރު ނަގަ އެވެ. ދިއްދޫއާ އެންމެ ކައިރީގައި އެއާޕޯޓެއް އޮންނަނީ ހދ. ހަނިމާދޫގަ އެވެ. ދިއްދޫއިން ހަނިމާދޫއަށް 15 މިނެޓުގެ ތެރޭގައި ދެވޭނެ އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީ ރޫޅާލާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުން، އެމްޑީޕީގެ ބޮޑު ތާއިދެއް އޮންނަ ހއ. ދިއްދޫގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ރޭ ވިދާޅުވީ،
ދިއްދޫ ރައްޔިތުން ތި ބޭނުންވާ ހުރިހާ ކަމެއްގައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އަމަލީ ސިފަ ޖައްސައިދޭނަން. ކަންބޮޑުވެވަޑައިނުގަންނަވާ. އަޅުގަނޑަށް ސާފު ދިއްދޫ ރައްޔިތުން ނިންމާނެ ގޮތް. އަޅުގަނޑަށް އެނގޭ މި ރޫޅައެއް ނުލެވޭނެކަން. ދިއްދޫގައި އޮންނާނީ އެމްޑީޕީ، ދިއްދޫގައި އޮންނާނީ އެމްޑީޕީ އިނގޭތޯ،"
ދުވަހުގެ ފޮޓޯ

ނައިބު ރައީސް ފައިސަލް ނަސީމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށާއި، އެ މަނިކުފާނުގެ ބަޔޯގްރޮފީ ނެރުމަށް ރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ހަފުލާގައި، ނޫސްވެރިޔާ އަހުމަދު ސާއިލް ލިޔުއްވި އެ ފޮތް، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން ނެރެދެއްވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު











