ހުލާސާކޮށް އިއްޔެ: ޕީޕީއެމް ރުހޭނަމަ، އެއް ކެންޑިޑޭޓަކު ނެރެން ޑިމޮކްރެޓްސް، އެމްއެންޕީ، ޖޭޕީން އެއްބަސްވުން

Jul 20, 2023, 1:36 AM
ރައީސް މުހައްމަދު ނަޝީދު، ގާސިމް އިބްރާހިމް، މުހައްމަދު ނާޒިމް ބައްދަލު ކުރެއްވުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް މުހައްމަދު ނަޝީދު، ގާސިމް އިބްރާހިމް، މުހައްމަދު ނާޒިމް ބައްދަލު ކުރެއްވުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޕީޕީއެމް ރުހޭނަމަ، އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެމްއެންޕީއާއި، ޑިމޮކްރެޓްސް، އަދި ޖޭޕީން އިއްޔެ އެއްބަސްވި އެވެ.

ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިއަދު މެންދުރުފަހު 1:00 ގައި ސިޔާސީ އެ މަޝްވަރާތައް ކުރެއްވުމަށް މ. ކުނޫޒަށް ވަޑައިގެންނެވި އެވެ.

އެ މަޝްވަރާއަށް ކުނޫޒަށް ވަޑައިގަތުމުގެ ކުރިން ގާސިމާއި ނާޒިމް ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ. ޑިމޮކްރެޓްސް އިން ވެސް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފައިވީ ނަމަވެސް އަދި ކެންޑިޑޭޓަކު ކަނޑައަޅާފައެއް ނުވެ އެވެ.

މަޝްވަރާތަކަށް ފަހު މީޑިއާއާ ބައްދަލު ކުރެއްވަމުން ގާސިމް ވިދާޅުވީ ތިން ޕާޓީއަށް އެއްބަސްވެވުނު ކަމަކީ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކާ އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށެވެ. އަދި އެ ކަމުގައި އިިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރުހުން ވެސް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަދި ޕީޕީއެމާއި އެމްއާރުއެމް ވެސް ވާހަކަ ދައްކާނަން، މި ކަމަށް އެއްބަސްވެވޭތޯ، އަޅުގަނޑުމެން ތިން ޕާޓީން ބޭނުންވަނީ އެއް ކެންޑިޑޭޓަކު ނެރެން މި ރިޔާސީ އިންތިހާބަށް،" ވިލާ ގްރޫޕްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް ވިދާޅުވި އެވެ.

ވެރިކަން ކުރާ އެމްޑީޕީން ވަކިވި ނަޝީދު ވެސް ވިދާޅުވީ ހުރިހާ ޕާޓީއަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރުން ތިން ޕާޓީއަށް ވެސް އެއްބަސްވެވޭ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ފެނިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ ގައުމުގެ ހާލަތު މިހާރު ގޮސްފައި އޮތް ހިސާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަން ޖެހޭ ކަމަށް އެއްބަސްވެވޭތީ، އެ ކަމަށް ޓަކައި އެއް ކެންޑިޑޭޓަކު ނެރެން ޑިމޮކްރެޓްސްއާއި ޖޭޕީއާއެކު އެއްބަސްވެވިފައިވާ ކަމަށެވެ.

ޕީޕީއެމް ނުރުހޭ ހާލަތެއްގައި، އެއް ކެންޑިޑޭޓަކަށް އެއްބަސްވެވޭ ތިން ޕާޓީ ގުޅިގެން އެއް ކެންޑިޑޭޓަކު ނެރޭނެތޯ "އަދަދު" އިން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ އެއްބަސްވެވުނު ކަމަކީ މި ހުރިހާ ޕާޓީއަކަށް ވެސް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ހޯދުން ކަމަށެވެ.

މި ކަމުގައި ޕީޕީއެމް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. މީގެ ކުރިން ނަޝީދު އެ ހިޔާލު ފާޅު ކުރެއްވުމުން، ޕީޕީއެމްގެ ލީޑާޝިޕުން އޭރު ގޮވާލީ އިދިކޮޅު ހުރިހާ ޕާޓީއަކުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރުމަށެވެ.

ނަމަވެސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ހުއްޓުމަކަށް އައިސްފަ އެވެ.

އެހެންވިޔަސް ޔާމީން ނޫން ކެންޑިޑޭޓެއްގެ ވާހަކަ ފާޅުގައި ދައްކަން ލީޑާޝިޕުން ދަނީ ދެކޮޅު ހަދަމުންނެވެ. އޭގެ މަޝްވަރާތައް އެތެރޭގައި އޮތް އިރު، ލީޑާޝިޕްގެ އެތެރޭގައި ކެންޑިޑޭޓަކާ މެދު ހިޔާލުތަފާތުވުންތަކެއް އޮތް ކަން ވަނީ އެނގިފަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ބޭއްވެވި ބަނދަރު ޖަލްސާގައި ރައީސް އާކުރެއްވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރާއްޖޭގެ ބޯޑަރު ބަންދުކުރި ދުވަސްވަރުގެ ހަނދާނެވެ. އޭރު ބައެއް ލީޑަރުން ސަރުކާރަށް ޖެއްސުންކުރެއްވި ކަމަށް ވިދާޅުވެ، ކޮވިޑް ތެރޭގައި ނަޝީދު ދެއްކެވި ވާހަކަފުޅުތައް އެމަނިކުފާނު ގެންނެވި އެވެ. އެއާ އެކު ރައީސް ވިދާޅުވީ ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.

ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ. އެދުވަހު ރިސޯޓުތަކުގެ ބަދިގެތައް މަސް ކައްކާ ތަންތަނަށް ހެދިނަމަ ދެން ކިހިނެތްތޯ ވާނީ, މިއީ ފިތުނަ އާއި ފަސާދައާއި ދެކޮޅުވެރިކަން ދައްކަންވެގެން އައި ވާހަކަތައް."

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ވެމްކޯ އާއި އާރުއޯއެލް ބައްދަލުކުރި މެޗްގައި ކުޅުންތެރިޔަކަށް ރަތްކާޑު ދައްކަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ވެމްކޯ އާއި އާރުއޯއެލް ބައްދަލުކުރި މެޗްގައި ކުޅުންތެރިޔަކަށް ރަތްކާޑު ދައްކަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ވެމްކޯ އާއި އާރުއޯއެލް ބައްދަލުކުރި މެޗްގައި ކުޅުންތެރިޔަކަށް ރަތްކާޑު ދައްކަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox