ހާއްސަ ދައުވަތެއް ނެތް އިންޑިއާއިން އިންތިހާބް އޮބްޒާވްކުރަނީ އަމިއްލައަށް: އީސީ

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ އެކު އިންޑިއާގެ ވަފުދުން ބޭއްވި ބައްދަލުވުމަށް ފަހު ގްރޫޕްފޮޓޯއަކަށް ހުއްޓެނީ. ފޮޓޯ:އީސީ

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ އެކު އިންޑިއާގެ ވަފުދުން ބޭއްވި ބައްދަލުވުމަށް ފަހު ގްރޫޕްފޮޓޯއަކަށް ހުއްޓެނީ. ފޮޓޯ:އީސީ

ސެޕްޓެމްބަރު ނުވައެއްގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާއްސަކޮށް ދައުވަތު ދިން 15 ގައުމުގެ ތެރޭގައި ނުހިމެނޭ، އަވަށްޓެރި އިންޑިއާއިން އެ އިންތިހާބް އޮބްޒާވްކުރަނީ އަމިއްލައަށް އިސްނަގައިގެން އަމިއްލަ ހަރަދުގައި ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އިންތިހާބް އޮބްޒާވްކުރާ ބައެއް ގައުމުތަކުގެ ވަފުދުތަކުން އެކޮމިޝަނުގެ މެމްބަރުންނާ އެކު ބައްދަލުވުންތައް މިއަދު ބޭއްވީ އިންތިހާބު އޮބްޒާވްކުރުމުގެ އިންތިޒާމްތަކާ ބެހޭ މައުލޫމާދު ސާފުކުރަން ކަމަށެވެ. އިންޑިއާ ސަފީރު ހިމެނޭ އެގައުމުގެ ވަފުދަކުން ބައްދަލުކުރީ ވެސް އެ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަަމ އެެހެން [ބައެއް] ގައުމުތަކުން ވެސް ހަމަ އެ އަންނަނީތާ ހަމަ، ހަމަ އެ އުސޫލުން އިންޑިއާއިން ވެސް އެ އަންނަނީ. ކޮމަން ވެލްތަކަށް އީޔޫއަކަށް ވެސް އަޅުގަނޑުމެންގެ ހަރަދެއް [މެހްމާންދާރީއެއް] ނެތް،" ހަބީބު ވިދާޅުވި އެވެ.

Advertisement

ހަބީބް ވިދާޅުވި ގޮތުގައި އިންޑިއާއާއި އިންތިހާބް އޮބްޒާވްކުރާ އެހެން ގައުމުތކުގެ ވަފުދުތަކުން ވެސް އީސީއާ އެކު ބޭއްވީ އިންތިޒާމް ތަކާ ބެހޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކެކެވެ.

"އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ އިންތިހާބު އޮބްޒާވްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި އެކަން އަޅުގަނޑުމެންނަށް އަންގަވާފައި އޮތީ. މި ވާގޮތަކީ [ބައްދަލުވުމެއް ބޭއްވީ] އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ ބޭފުޅުން ވަޑައިގަންނަވާ ކަމަށް ވަންޏާ އެބޭފުޅުންނާ ގުޅޭ އިންތިޒާމްތަކަށް، އަޅުގަނޑުމެންނަށް އެ ބޭފުޅުންނަށް ފޯރުކޮށްދެވޭނީ ކޮން ކަމެއްތޯ އާއި، ޕްރޮޓޮކޯލް އޮންނަ ގޮތާ މިކަންކަމުގެ މައުލޫމާތު އެބޭފުޅުން ބޭނުންވާތީ ކޮމިޝަނުގެ ރައީސާ އެ ބައްދަލުކުރެއްވީ. އެހެން ގައުމުތަކުން ވެސް ހަމަ މައުލޫމާތު ސާފުކުރާ އުސޫލުން" ހަބީބް ވިދާޅުވި އެވެ.

އިންޑިއާގެ ވަފުދަކުން އީސީއާ އެކު ބައްދަލުވުމެއް ބޭއްވުމުން ބައެއް ފަރާތްތަކުން ފާޑުކިޔާތީ އެ ފާޑުކިއުންތަކަށް ހަބީބް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އިންޑިއާގެ ވަފުދުން ބައްދަލުކުރީ ހަމަ އެކަނި މައުލޫމާތު ސާފުކުރުމަށް ކަމަށާއި އިންތިހާބަށް ނުފޫޒު ފޯރާ ފަދަ ވާހަކައެއް ނުދައްކާ ކަމަށާއި ފޯރުވޭނެ ނުފޫޒެއް ނުވެސް އޮންނާނެ ކަމަށެވެ.

"އެމީހުންނަށް ފޯރުވޭނެ ނުފޫޒެއް ނުވެސް އޮންނާނެ،" ހަބީބް ވިދާޅުވި އެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެކޮމިޝަނުގެ މެހުމާންދާރީގައި ރާއްޖެއަށް އައިސް އިންތިހާބު އޮބްޒާވްކުރަން ދައުވަތު ދިން ގައުމުތަކުގެ ތެރޭގައި އަވަށްޓެރި ބައެއް ގައުމުތަކެއް ނުހިމެނެ އެވެ. އިންޑިއާ ވެސް ހިމެނެނީ އެ ދައުވަތު ނުދޭ ގައުމުތަކުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox