ސިނަމާލެ ބްރިޖުގައި ހުރި ޓްރެފިކް ލައިޓުތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.
ފުލުހުން މިރޭ ބުނީ، ސިނަމާލެ ބްރިޖުގައި ހުރި ޓްރެފިކް ލައިޓުތައް އެރޯ ޓްރެފިކް ލައިޓް ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެހެންވެ، މެނުއަލްކޮށް ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދާނެ ކަމަށް ބުންޏެވެ. އަދި ބްރިޖުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއްދީ، ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަކުރުމަށް ފުލުހުން އިލްތިމާސް ކުރި އެވެ.
ބްރިޖުގެ ލައިޓުތައް ބަދަލުކުރަމުންދާއިރު، ބްރިޖާއި ހައިވޭގެ ބައެއް ސަރަހައްދުތަކުން ލައިޓުތައް ހުރީ ނިވިފަ އެވެ.











