ކުރިން މާލޭގައި ވޯޓުލީ މީހުންގެ ނަން އޮންނާނީ އެ ރަޖިސްޓްރީގައި ކަމަށް އީސީން ބުނެފި

ކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ކަރުދާސްތައް ގުނުމުގެ މަސައްކަތުގެ ތެރެއިން؛ ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލީ މީހުން ރީރަޖިސްޓާކުރަން ނުޖެހޭނެ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ކަރުދާސްތައް ގުނުމުގެ މަސައްކަތުގެ ތެރެއިން؛ ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލީ މީހުން ރީރަޖިސްޓާކުރަން ނުޖެހޭނެ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ދެހާސްއެކާވީސްވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ މީހުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ރަޖިސްޓްރޭޝަންގައި ވެސް މާލޭގައި އޮންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މީގެ ކުރިން އޮތީ ކޮންމެ މީހަކު ވެސް އެ މީހަކު ރަށްވެހިވެފައިވާ ރަށެއްގައި ހިމެނޭ ގޮތަށެވެ. އަދި ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން ޖެހޭ ނަމަ ރީރަޖިސްޓްރީ ކުރާ ގޮތަށެވެ.

ނަމަވެސް އެ އުސޫލަށް ބަދަލު ގެނެސް، އީސީން ކުރި ޓްވީޓެއްގައި ބުނި ގޮތުގައި އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލާން ރަޖިސްޓްރީވި މީހުން ރިޔާސީ އިންތިހާބުގައި ވެސް އޮޓެމެޓިކުން އޮންނާނީ މާލޭގައި ވޯޓުލާ ގޮތަށް ރަޖިސްޓްރީކޮށްފަ އެވެ.

މާލޭގައި ވޯޓުލީ މީހުން ފިޔަވައި އެހެން މީހުންގެ ނަން އޮންނާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށުގެ ރަޖިސްޓްރޭޝަންގައި ކަމަށް އިލެކްޝަނުން ބުންޏެވެ.

އެހެންކަމުން ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލާފައިވާ މީހުން މި ފަހަރު ވެސް މާލޭގައި ވޯޓުލާން ޖެހޭނަމަ ރީރަޖިސްޓްރީކުރާކަށް ނުޖެހޭނެ އެވެ. އެހެން ނަމަވެސް އޭރު މާލޭގައި ވޯޓުލާފައި، މި ފަހަރު އެހެން ތަނަކަށް ވޯޓު ލާން ބޭނުންވާ ނަމަ ރީރަޖިސްޓްރީ ކުރަން ޖެހެނޭ އެވެ.

ރީރަޖިސްޓްރީ ކުރުމަށް ކޮމިޝަނުން ހުޅުވާލާނީ ޖުލައި މަހުގެ 16 ވަނަ ދުވަހުގަ އެވެ. އެ ފުރުސަތު ކޮމިޝަނުން ހުޅުވާލާނީ 21 ދުވަހުގެ މުއްދަތަކަށެވެ. އެއީ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ބަދަލު ގެނެސްފައިވަނީ ރަށްވެހިފައިވާ ރަށުގައި އޮޓެމެޓިކުން ރަޖިސްޓްރީ ގެންދިޔުމުން ރީރަޖިސްޓްރީގެ މަސައްކަތްތައް ބުރަވެގެންދާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކުން ލުޔެއް ހޯދައިދިނުމަށް އެ ކޮމިޝަނުގައި އެދިފައިވަނިކޮށެވެ.

އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އީސީން އެކުލަވާލާފައިވާ އޮންނަ ގައުމީ ލަފާ ދޭ ކޮމިޓީގައި، ސިޔާސީ ޕާޓީތަކުގެ މަންދޫބުން ފާހަގަ ކުރި ކަމަކީ ރާއްޖޭގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ މީހުން މާލޭގައި ދިރިއުޅޭއިރު އެއިން ގިނަ މީހުނަކީ ކޮންމެ އިންތިހާބެއްގައި ވެސް މާލޭގައި ވޯޓުލާ މީހުން ކަމަށެވެ.

ކޮމިޝަނުން މީގެ ކުރިން އަމަލުކުރަމުން އައި ގޮތަކީ ކޮންމެ ރިޔާސީ އިންތިހާބެއްގައި ރަށްވެހިފައިވާ ރަށުގެ ރަޖިސްޓްރީގައި މީހުންގެ ނަން ހިމެނުމަށް ފަހު ރިޔާސީ އިންތިހާބުގައި ރީރަޖިސްޓްރީކުރާ ގޮތަށް މަޖިލީހުގެ އިންތިހާބުގެ ރަޖިސްޓްރީ އިއުލާން ކުރުމެވެ. އަދި އެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ގޮތަށް ކައުންސިލް އިންތިހާބުގައި ރަޖިސްޓްރޭޝަން ހުޅުވާލުމެވެ.

މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތައް އަދި ސިނާއީ ރައްތައް ހިމަނައިގެން ޖުމްލަ 600 ވޯޓު ފޮށި މިއަހަރު ބެހެއްޓުމަށް ނިންމާފައި ވެއެވެ. މި ރިޔާސީ އިންތިހާބުގައި 280،000 އެއްހާ މީހުން ވޯޓުުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox