އައްޑޫ ސިޓީ ހުޅުދޫއިން އިއްޔެ މަރުވެފައި އޮއްވާ ފެނުނު މީހާއަކީ މޫދާ ދިއުމަށްފަހު ހަބަރެއްް ނުވެގެން ހޯދަމުން ދަނިކޮށް ފެނުނު މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލާގައި ފުލުހުން ބުނީ އެ މީހާގެ ހަަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނުނީ އިއްޔެ ހެދުނު 11:48 ހާއިރު ކަމަށެވެ.
ހުޅުދޫ މޫދުން ފެނުނީ 78 އަހަރުގެ ދިވެހި އަންހެނެކެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ފެނުނުއިރުވެސް އޮތީ ހަބަރު ހުސްވެފަ އެވެ. އަދި އޭނާ އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
އެ ކަމުގައި އާންމު އުސޫލުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.













