ހަމްބޯ ކޮރެއާއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރެއިން މަކަރު ހަދައި އޮޅުވާލި މައްސަލާގައި ތުހުމަތުކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފި އެވެ.
މަންޑޭ ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މަންޑޭ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އަމީން އެވަނިއުގައި އުޅެނިކޮށެވެ.
މި މައްސަލާގައި މަންޑޭ ހައްޔަރުކުރުމަށް މިފަހަރު ކޯޓު އަމުރެއް ދީފައިވަނީ އިއްޔެ އެވެ.
މަންޑޭ ހައްޔަރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެދީފައި މިވަނީ މީގެ ކުރިން ފުލުހުންގެ އެދުމަށް މަންޑޭގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި އަމުރު ބާތިލްކޮށް، އޭނާއަށް ވަގުތީގޮތުން ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިންތާ އެއް ދުވަސް ފަހުންނެވެ.
ކްރިމިނަލް ކޯޓުން 45 ދުވަހުގެ މުއްދަތަކަށް މަންޑޭގެ ޕާސްޕޯޓު ދޫކޮށްލާ ގޮތަށް އަމުރު ނެރެދިން އިރު، އެނގިފައިވާ ގޮތުގައި މަންޑޭ ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން އޮތީ ކޯޓުގައި އެދިފަ އެވެ. އަދި ކޯޓުން ވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރު ވެސް ނެރެދީފަ އެވެ.

ކޭޕާކު ޕްރޮޖެކްޓުގެ މަސައްކަތް ކުރަނީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފެއްދި ހަންބޯ މޯލްޑިވްސްއިންނެވެ. އެ ކުންފުނީގެ 95 ޕަސެންޓު ހިއްސާ އޮންނަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ޖިން ޝީ ހޫގެ އަތުގަ އެވެ. މަންޑޭގެ އޮންނަނީ ކުންފުނީގެ ފަސް ޕަސެންޓު ހިއްސާ އެވެ.
ހަންބޯ ކޮރެއާ އިން ނެރުނު ބަޔާނުގައި ފުލެޓުތައް ގަނެވިއްކުމުގެ އެއްބަސްވުމުގައި މަންޑޭ ސޮއިކޮށްފައި ވަނީ، މައި ހިއްސާދާރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން މަންޑޭގެ ވިޔަފާރި ޕާޓްނަރު ޖައިޝަން ސައީދަށް ދިން ކަމަށް ބުނާ ގަރާރެއް ބޭނުންކޮށްގެން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ރައްދުގައި މަމްދޫހު ވެސް ބަޔާނެއް ނެރުނެވެ. އޭގައި މައި ހިއްސާދާރަށް އެތައް ތުހުމަތެއް އޭނާ ކޮށްފައިވެ އެވެ. މަޝްރޫއު ހިންގާފައިވަނީ މީހުން އަތުން ނެގި ފައިސާއިން ކަމަށާއި، މަކަރާއި ހިލާތް ހެދީ މައި ހިއްސާދާރު ކަމަށެވެ. ނަމަވެސް ސޮއި ފޯޖުކުރުމުގެ ތުހުމަތަށް މަމްދޫހުގެ ބަޔާނުގައި ޖަވާބުދީފައެއްނުވެ އެވެ.
ކޯޓު އަމުރަކާއެކު އިމިގްރޭޝަނުން މަންޑޭގެ ޕާސްޕޯޓު ހިފަހައްޓައި، މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވަނީ ހަންބޯ













