މާލޭގެ ގެއެއްގައި ހުރި ދަގަނޑު ހޮޅިއެއް ވަގަށް ނެގި ދެމީހުން ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
ވައްކަމުގެ ވަގުތު ރިކޯޑުވެފައިވާ ސީސީޓީވީ ފުޓެޖް އާންމުކުރަމުން ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ، އެދެމީހުން މިހާތަނަށް ދަނެގަނެވިފައިނުވާ ކަމަށާއި އެނގޭ މީހަކު ހުރި ނަމަ އެ އިދާރާއަށް އެކަން އެންގުމަށް އެދޭ ކަމަށެވެ.
ފުލުހުން އާންމު ކުރި ވީޑިއޯއިން ފެންނަނީ ދެ މީހަކު ގެއަކުން ދިގު ދަގަނޑު ހޮޅިއެއް ގެއަކުން ނެރެގެން ގެންދާ މަންޒަރެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެފަދަ 1516 މައްސަލައެއް ފުލުހުންނަށް މިހާތަނަށް ހުށަހަޅާފައިވެ އެވެ.













