ހުލާސާކޮށް އިއްޔެ: 6200 ގޯތި އޯގަސްޓު މަހު ހަވާލު ކުރާނެ

Jul 3, 2023, 1:01 AM
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ފައްޓައި ދިނުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ފައްޓައި ދިނުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ހިންގާ "ބިންވެރިޔާ ސްކީމް" ގެ ފުރަތަމަ ބުރުގައި 6،000 އަށް ވުރެ ގިނަ ގޯތި ދޫކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.

ގުޅިފަަޅުގައި ކުރިއަށް ގެންދާ ބިންހިއްކުމުގެ މަަޝްރޫއު ފަށްޓަވައި ދެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ގުޅިފަޅަށް 150 ހެކްޓަރުގެ ބިން އިތުރުކުރެވޭނެ ކަަމަށާއި ސަރުކާރުގެ އަމާޒަކީ ގުޅިފަޅުން 2،000 ގޯތި ދޫކުރުން ކަމަށެވެ. އަދި ހުޅުމާލޭން 2،200 ގޯއްޗާއި ގިރާވަރު ފަޅުން ވެސް 2،000 ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ދެންނެވި ތިން މަޝްރޫއުގެ ދަށުން، ބިންވެރިޔާ ސްކީމްގެ ދަށުން މިބުރުގައި، އެކު ޖުމްލަ 6،200 ގޯތި ދޫކުރަން މިހާރު އަޅުގަނޑުމެން ވަނީ ނިންމާފައި، މިއީ ކުރީ ދުވަހު މިނިސްޓަރު އަސްލަމް ވިދާޅުވި އަދަދަށް ވުރެެ ކުޑަ ތަންކޮޅެއް އަނެއްކާ ވެސް އިތުރު އަދަދެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުންނަށް ގޯތި ދޭން، ގިރާވަރު ފަޅުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއު ވެސް ވަރަށް ބާރަށް ކުރިއަށް އެބަ ދެވެ. އެ މަޝްރޫއާއި ގުޅިފަޅުގައި ފެށި މަޝްރޫއު ނިމި، މާލޭގެ ރައްޔިތުންގެ ތެރެއިން، މިފަހަރު ގޯތި ދޭން ނިންމި މީހުންނަށް އަންނަ އޮގަސްޓް މަހު ގޯތި ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޝަރުތު ހަމަވެގެން ގޯތި ލިބޭ މީހުންގެ ލިސްޓް ވެސް މިހާރު އޮތީ އާއްމުކުރެވިފައި. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ޖުލައި މަހުގެ 15 ވަނަ ދުވަހާ ހިސާބަށް ވަނީ ފުރުސަތު ހުޅުވާލާފައި. ލިބޭ ޝަކުވާތައް ބެލުމަށް ފަހު، ލިސްޓްގައި ހުރި މައްސަލަތައް ހައްލުކޮށް، އިރާދަކުރެއްވިއްޔާ އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެންމެ ލަސްވެގެން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދެން ހުުޅުވައިލުމުން 23،000 އަށް ވުރެ ގިނަ މީހުން ފޯމު ލި އެވެ. ރައީސް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން 19،858 މީހެއްގެ ޝަރުތު ހަމަވެ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ؛

ޝަރުތު ހަމަވެގެން ގޯތި ލިބޭ މީހުންގެ ލިސްޓް ވެސް މިހާރު އޮތީ އާއްމުކުރެވިފައި. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ޖުލައިމަހުގެ 15 ވަނަ ދުވަހާ ހިސާބަށް ވަނީ ފުރުސަތު ހުޅުވާލާފައި. ލިބޭ ޝަކުވާތައް ބެލުމަށް ފަހު، ލިސްޓްގައި ހުރި މައްސަލަތައް ހައްލުކޮށް، އިރާދަކުރެއްވިއްޔާ އަންނަ އޮގަސްޓްމަހުގެ ތެރޭގައި އެންމެ ލަސްވެގެން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،"

ދުވަހުގެ ފޮޓޯ

ރައީސް އިބްރާހިމް މުހައްމައްދު ސޯލިހު އިއްޔެ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމައްދު ސޯލިހު އިއްޔެ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމައްދު ސޯލިހު އިއްޔެ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox