ބޮޑުއީދުގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ކުރިއަށް ގެންދާ އެއް ހަރަކާތަކީ މާލި ނެރުމެވެ. ގިނަ ރަށްރަށުގައި އެ ހަރަކާތް ކުރިއަށް ގެންދަނީ ވެސް އައްޔާމުއް ތަޝްރީގުގެ ތިން ދުވަހުގެ ތެރެއިން ފުރަތަމަ ދުވަހު އެވެ. އެއީ އިއްޔެ އެވެ. މާލޭގައި ވެސް އިއްޔެ މާލި ނެރުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އީދަކާ ގުޅޭ ކަމެއް ނޫނެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތެކެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކުރިއަށް ގެންދާ ކަމަށް އެ ދެ ޕާޓީން ބުނާ "އިންޑިއާ އައުޓް ހަރަކާތް" މާލޭގައި އިއްޔެ ކުރިއަށް ގެންދިޔައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ "މާލި"ތަކަކާ އެކުގަ އެވެ. ސަރުކާރާ ދެކޮޅަށް އިދިކޮޅުން ތައްޔާރުކޮށްފައިވާ ލަވަތައް އަޑުގަދަކޮށް ޖަހަމުން، އެ ލަވަތަކުގެ މިއުޒިކާ އެއްގޮތަށް ހަރަކާތްތެރިވި މާލިތައް ތިބީ މުޅި ގައިގައި ހުދު ފޮތި އޮޅައި، ،މޯދީއާއި ރައީސް ސޯލިހުގެ ފޮޓޯތަކުން ތައްޔާރުކޮށްފައިވާ މާސްކްތައް އަޅައިގެންނެވެ.
ޕީޕީއެމްގެ ސެނެޓަރު އިބްރާހީމް ރައްޒާން "އަދަދު" އަށް ވިދާޅުވި ގޮތުގައި އެގޮތަށް މާލި ނެރުނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ނެރުނު ލިސްޓްގައި އިންޑިއާ މީހުން ހިމެނުމުން، އެކަމުގައި ރައްޔިތުންގެ ހުރި "އިހުސާސްތައް" ސަރުކާރަށް އަންގައިދޭށެވެ.
"...މިގޮތަށް މާލި ނެރުނުނީ ގޯތި ލިސްޓްގައި އިންޑިއާމީހުން ހިމެނުމުން، ދިވެހި ރައްޔިތުންގެ [ހުރި] އިހުސާސްތައް ސަރުކާރަށް ނޭނގިދާނެތީ އެކަމުގައި ރައްޔިތުންގެ އަޑު އުފުލައިދޭން ވެގެން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދުކުރާ ބައެެއް މީހުން ބުނާ ގޮތުގައި އިންޑިއާ އައުޓް ހަރަކާތް އިތުރަށް ވަރުގަދަކުރަން ޕީޕީއެމް/ޕީއެންސީއަަށް މިހާރު ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ. އެއީ އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް، އިން އެ ދެޕާޓީއާ ކުރާ މަޝްވަރާއަށް ހުރަސް އެޅޭ ކަމެއްގެ ގޮތުގައި އެ ހަރަކާތް އޮތް އޮތުން ނިމިފައި ވާތީ އެވެ.

ޑިމޮކްރެޓުން އެންމެ ފަހުން ބުނެފައި އޮތީ ޕީޕީއެމުން ކުރާ އެފަދަ ކަންތައްތަކަށް ދޫ ދީގެން ވެސް އެކުގައި މަސައްކަތް ކުރަން އެޕާޓީ އޮތީ ތައްޔާރަށް ކަމަށެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ޕީޕީއެމްގެ ސެނެޓަރު އިބްރާހީމް ރައްޒާން "އަދަދު" އަށް ވިދާޅުވި ގޮތުގައި މޯދީގެ މާލި ނެރުނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ނެރުނު ލިސްޓްގައި އިންޑިއާ މީހުން ހިމެނުމުން، އެކަމުގައި ރައްޔިތުންގެ ހުރި "އިހުސާސްތައް" ސަރުކާރަށް އަންގައިދޭށެވެ.
މިއަދު ހާއްސަކޮށް މިގޮތަށް މާލި ނެރުނުނީ ގޯތި ލިސްޓްގައި އިންޑިއާމީހުން ހިމެނުމުން، ދިވެހި ރައްޔިތުންގެ [ހުރި] އިހުސާސްތައް ސަރުކާރަށް ނޭނގިދާނެތީ އެކަމުގައި ރައްޔިތުންގެ އަޑު އުފުލައިދޭން ވެގެން،"
ދުވަހުގެ ފޮޓޯ

ކުޅުދުއްފުށީގައި އީދު ދުވަހުގެ ރޭ ބޭއްވި "ހަ ވާ އެރުވުން" އިވެންޓަށް ޖޯކު ޖަހަން ހެދި ފުޅަނދެއް - ފޮޓޯ: ކުޅުދުއްފުށި އޮންލައިން












