ނ. މާފަރު އެއާޕޯޓް ސަރަހައްދުން ފެނުނު ގޮތް ނޭނގޭ ޖަނަވާރަކީ ގެއްލުން ދެނިވި ޖަނަވާރެއް ނޫން ކަމަށް އިއްޔެ ނިންމި އެވެ.
ބުޅަލަކަށް ވުރެ މާ ބޮޑުކޮށް ފެންނަ ހަތަރު ފައި ހުރި ޖަނަވާރެއް މާފަރު އެއާޕޯޓުގެ ރަންވޭ ކައިރިން ހިނގާފައިދާ ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެއާ ގުޅިގެން އެ ޖަނަވާރު ހޯދުމުގެ އޮޕަރޭޝަން ގެންދިޔުމަށް ސިފައިންގެ ފައުޖެއް ވެސް އެ ރަށެއް އެރި އެވެ.
މާފަރު ކައުންސިލުން ދެންމެއަކު ނެރުނު ބަޔާނުގައި ބުނަނީ އެމްއެންޑީއެފްގެ ސިފައިން މިހާތަނަށް ކުރި މަސައްކަތުން އެ ރަށުން މިނިކާވަގު ފަދަ ގެއްލުން ދެނިވި އަދި ރާއްޖޭގައި އާންމުކޮށް ނުފެންނަ ބާވަތުގެ އެއްވެސް ޖަނަވާރެއް ފެނިފައިނުވާ ކަމަށެވެ.
"ދައުރުވަމުންދާ ވީޑިއޯ އެނަލައިޒް ކުރުމުން ވީޑިއޯއިން ފެންނަނީ ގެއްލުން ދެނިވި ޖަނަވާރެއް ކަމަށް ނުބެލެވޭ ކަމަށް އެ ފަރާތުން މައުލޫމާތު ދެއްވާފައިވާތީ އާންމުންގެ މައުލޫމާތަށް ޓަކައި ދެންނެވީމެވެ." މާފަރު ކައުންސިލުން ނެރުނު ބަޔާނުގައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްއިން ނިންމާފައި ވަނީ ފެނުނީ ކަޅު ކުލައިގެ ބޮޑު ބުޅަލެކެވެ.

އެއީ "މިނިކާ ވަގެއް" ނުވަތަ ނުރައްކާތެރި ޖަނަވާރެއް ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުރަމުންދާއިރު، އެ ޖަނަވާރު ރަށު ތެރެއަށް އަރައި ބަޔަކަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު އާންމުވަމުންދާ ވީޑިއޯއާ ހެދި ފެތުރުނެވެ.
އެއާޕޯޓުގެ ރަންވޭ ކައިރިން އޭތި ހިނގާފައިދާ މަންޒަރު ރެކޯޑު ކުރީ މާފަރު އެއާޕޯޓުގައި މަސައްކަތް ކުރާ ބޭރު މުވައްޒަފުންތަކެކެވެ.
މުހިންމު ބައެެއް ހަބަރު
ދުވަހުގެ ފޮޓޯ

ސަރަހައްދީ ފުޓްބޯޅަ މުބާރާތުގައި ރޭ ކްވައިތާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން. މެޗް ނިމުނީ ދެ ޓީމު އެއްވަރުވެގެން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު











