އަންނަ މަހު ސަބްމެރިން ކޭބަލް އަޅައި ނިމޭނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު; ސަރުކާރުން އަޅައި ސަބްމެރިން ކޭބަލް އަންނަ މަހަށް ނިމޭނެ ކަމަށް ވިދާޅުވި.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު; ސަރުކާރުން އަޅައި ސަބްމެރިން ކޭބަލް އަންނަ މަހަށް ނިމޭނެ ކަމަށް ވިދާޅުވި.

އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏާ ގުޅިގެން ދިވެހި ސަރުކާރުން ހިންގާ ސަބްމެރިން ކޭބަލްގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ސަބްމެރިން ކޭބަލްގެ މަސައްކަތް ހިންގަނީ ސަރުކާރުގެ ކުންފުނި އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އިންނެވެ. ސަބްމެރިން ކޭބަލް ނެޓްވޯކުގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އަޅާ 'އިންޑިއާ-އޭޝިއާ އެކްސްޕްރެސް' ގެ ކޮޅަކުން ހުޅުމާލެއާ ގުޅުވައިލާނެ އެވެ.

"އަދަދު" އިން ގެނެސްދޭ "އެތެރެފުށް" ޕްރޮގްރާމްގައި ސުވާލުކުރުމުން އަމީރު ވިދާޅުވީ ކޭބަލްގެ ހިދުމަތް ނިމުމާއެކު ލަސްތަކެއް ނުވެ އެ ހިދުމަތް އާންމުންނަށް ލިބި، އިންޓަނެޓުގެ އަގު ކުޑަ މިހާރަށްވުރެ ވެސް ކުޑަވާނެ ކަމަށެވެ.

"މެއިންލޭންޑިން ސްޓޭޝަނަކާ ގުޅާލުމުން އިންޓަނެޓް ޕްރައިސަސް ވެސް ވަރަށް ބޮޑުތަން އަގުހެޔޮ ވެގެންދާނެ، ގާތްގަނޑަކަށް މިހާރު އަޅުގަނޑު ހަނދާންވާ ގޮތުން އެއް ޖީބީއަށް އެބަ ދޭ 80 ޑޮލަރު، އެ ކުޑަވެގެން އެބަދޭ 20 ޑޮލަރަށް،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދަށް ބެލި ކަމުގައިވީ ނަމަވެސް އިންޓަނެޓުގެ އަގުތައް ވަރަށް ބޮޑު ކަމަށާއި މިހާރު ވެސް ރާއްޖެއިން ހިދުމަތް ދެނީ މެއިންލޭންޑިން ސްޓޭޝަނާ ގުޅުވާލެވިގެން ނޫން ކަމަށެވެ. އަދި ސަބްމެރިން ކޭބަލާއެކު މެއިންލޭންޑިން ސްޓޭޝަނާ ގުޅާލުމުން އިންޓަނެޓުގެ އަގު ހެޔޮވުމާއެކު ބޭންޑްވިޑްތު ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އޯޝަން ކަނެކްޓުން ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ޑޭޓާ ސެންޓަރުތައް ގާއިމްކޮށް ހިދުމަތް ދިނުމުގެ ވިސްނުން ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއާއެކު މުޅިން އާ ދޮރެއް، އާ ސެކްޓާއެއް ހުޅުވިގެން ދާނެ" އަމީރު ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފްރާންސްގެ މާސޭ އާއި ސިންގަޕޫރާ ދެމެދު އަޅާ ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލާ ބޭނުންކުރުމުގެ ފުރުސަތު އަންނަ ސެޕްޓްމްބަރު މަހުގެ ކުރިން ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއީ އިންޓަނެޓުގެ ސްޕީޑާއި އަގަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހުޅަނގު ޔޫރަޕާއި މެދުއިރުމަތި އަދި އޭޝިއާގެ ގައުމުތައް ގުޅުވާލާ މި ސަބްމެރިން ކޭބަލްގެ މަސައްތަކަތް ފެށީ ފެބްރުއަރީ، 2022 ގަ އެވެ. ގާތްގަނޑަކަށް 19،200 ކިލޯމީޓަރުގެ އެ ކޭބަލް ގުޅާލާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ މެލޭޝިއާ، ބަންގްލަދޭޝް، ސްރީ ލަންކާ، އިންޑިއާ، ޕާކިސްތާނު، ސައުދީ އަރަބިއާ އަދި މިސްރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox