އައްޑޫ ސިޓީ ހިތަދޫއިން ބަނގުރާ ކެއްކުމަށް ގެންގުޅޭ ސާމާނު ކަމަށް ބެލެވޭ ބައެއް ތަކެތި ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ އެ ރަށުގައި އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، އެ ވަލުތެރެއިން ކަމަށެވެ.
އެ އޮޕަރޭޝަނުގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެއްޗާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ލީޓަރުގެ ހަތަރު ފުޅި ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ.
މި ސާމާނު ހޯދާފައިވީނަމަވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެ އެވެ.
ފުލުހުންގެ މި އޮޕަރޭޝަނަކީ ބޮޑު އީދު ބަންދާ ދިމާކޮށް ހިންގި އޮޕަރޭޝަނެކެވެ.













