ޒަބީހު ވަކިކުރީ ކޯލިޝަން އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެމްއާރުއެމްގެ ނުރުހުން ސަރުކާރަށް

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި، އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި އިސްމާއިލް ޒަބީހު އަދި ރައީސް މައުމޫން--

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި، އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި އިސްމާއިލް ޒަބީހު އަދި ރައީސް މައުމޫން--

ގުޅިފައިވާ ޕާޓީތަކުން ހަދާފައިވާ ސަރުކާރު ހިންގުމުގެ ކޯލިޝަން އެއްބަސްވުމާ ހިލާފަށް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި، އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި އިސްމާއިލް ޒަބީހު އެ މަގާމުން ވަކިކުރުން ބަަލައެއް ނުގަނެވޭ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޒަބީހު ވަކިކުރިކަން ސަރުކާރުން ޔަގީންކޮށްދީފައިވާއިރު، އެއީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގައި އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ވަނީ "ޒަބީހު ފަދަ ތައުލީމީ ބޭފުޅަކު މަގާމުން ސަބަބެއް ނެތި ވަކިކުރުމުން" ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ކުއްލިއަކަށް މަގާމުން ވަކިކޮށްފައިވާ ގޮތާމެދު އެމްއާރްއެމްއިން ނުހަނު ކަންބޮޑުވެ އެވެ. އަދި ޒަބީހު މަގާމުން ވަކިކުރަންޖެހޭ ވަރުގެ އަމަލެއް ކުރައްވާފައި ނުވާނެކަން މި ޕާޓީއިން ރައްޔިތުންނަށް ކަށަވަރު ކޮއްދެމެވެ. ޒަބީހަކީ ހަވާލުކުރެއްވި މަގާމުގެ މަސްއޫލިއްޔަތު ނުހަނު ފަރުވާތެރިކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު އަދާކުރެއްވި ބޭފުޅެކެވެ،" ބަޔާނުގައިވެ އެވެ.

އެ ޕާޓީގެ ބަޔާނުގައި ވަނީ މިނިސްޓްރީގައި ޒަބީހު މަސައްކަތް ކުރެއްވިއިރު އިސްނަގައިގެން ކުރެއްވެވި ބައެއް ކަންކަމާއި ކޮށްދެއްވި ހިދުމަތްތައް ވެސް ފާހަގަކޮށްފަ އެވެ.

"ތަފާތު އެކި ސަބަބުތަކާހުރެ ދަރިވަރުންނަށް ނުދެއްކި، ބޮޑެތި އަދަދު ތަކުން އަރައިގެން ގޮސްފައިވާ ސްޓޫޑަންޓް ލޯނު ރީޕެމަންޓް ފައިސާ ވަކި އުސޫލެއްގެ ދަށުން އެކި މަސް މަހަށް ބަހާލައިގެން ދެއްކޭނެ ގޮތްތައް ހަމަޖައްސަވާ ދައުލަތަށް ނުލިބިހުރި އެތައް މިލިއަން ރުފިޔާއެއް ހޯއްދަވައި ދެއްވި،" އެ ޕާޓީން ބުނެފައިވެ އެވެ.

ޒަބީހު ފަދަ ބޭފުޅަކު ވަކިކޮށް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުން ޝަރުތު ހަމަނުވާ ގިނަ އަދަދެއްގެ ބަޔަކަށް ހަދިޔާ ބަހާ އުސޫލުން ސިޔާސީ މަގާމު ދިނުމަކީ ގައުމަށް ނުހަނު ގެއްލުން ބޮޑު ކަމެއް ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވާ ހިންގަވާ އެމްއާރުއެމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކަންކުރާނެ ގޮތް ނިންމާފައިނުވެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް މިހާރު ކޯލިޝަނުގައި ތިބި ޖޭޕީ، އެމްއާރުއެމް އަދި އަދާލަތު ޕާޓީއަށް ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ޓިކެޓު ލިބުމާއެކު ސިޓީފުޅެއް ފޮނުއްވާފަ އެވެ. އެ ސިޓީއަށް އިޖާބަދީ ކޯލިޝަން ހަދަން ނިންމީ އަދާލަތުން އެކަންޏެވެ.

ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާ ޕާޓީގެ ޓިކެޓު، ލީޑަރު ގާސިމް އިބްރާހިމަށް އަރުވާފަ އެވެ. އެމްއާރުއެމުން ރަސްމީކޮށް ވަކިގޮތެއް ނުނިންމި ނަމަވެސް އެ ޕާޓީގެ ލީޑަޝިޕުން މިފަހުން ވަނީ ސަރުކާރަށާއި ރައީސް ސޯލިހުގެ އެކި ނިންމެވުންތަކަށް ފާޑުކިޔާފަ އެވެ.

ކޯލިޝަނާ ބެހޭގޮތުން ވާހަކަދައްކަވަމުން މާޗު މަހުގެ 21 ގައި ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ހަމައަށް އެކުގައި ސަރުކާރާ އެކު ނުތިބެވޭނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެގްރީމެންޓެއް އެބައޮތް ދައުރު ނިމެންދެން އެކުގައި މަސައްކަތް ކުރުމަށް، އެއީ އަކުރުން އަކުރަށް މާނަކުރީމަ އޮތްގޮތް، އެހެން ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިއަށް ދާއިރު އަޅުގަނޑުމެންނަށް އެކީގަ ނުތިބެވޭ ކަމަށް ވަންޏާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއޮތީ އެ އެގްރީމެންޓު ނިމުމަކާ ހިސާބަށް ގެންނަން ޖެހިފައި."

ރައީސް ވިދާޅުވީ އޭގެ މާނައަކީ މިހާރު ކޯލިޝަނެއް ނެތުން ނޫން ކަމަށެވެ. ނަމަވެސް، އެއްބަސްވެވޭ އެއްބަސްވުމަކީ ތަންފީޒުކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމަށާއި އެއްބަސްވުން ތަންފީޒުނުކުރެވޭ ކަމަށް ވަނީ ނަމަ އޭގެ ބޭނުމެއް ނޯންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެދުވަހު ވިދާޅުވި އެވެ.

މިހާތަނަށް ޖޭޕީ އަދި އެމްއާރުއެމްގެ ސްލޮޓުތަކުގައި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކޮށްފައި ނުވި ނަމަވެސް ޒަބީހު ވަކިކުރަން ނިންމި ނިންމުމާއެކު އެކަން ބަދަލުވާނެކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox