ގާނޫނަށް ބަދަލު ގެނަޔަސް ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީހަށް ބަދަލެއް ނާންނާނެ: އީސީ

ގާނޫނަށް ބަދަލު ގެނަޔަސް ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީހަށް ބަދަލެއް ނާންނާނެ: އީސީ

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައެޅުމަށް ކުރިން ދީފައި އޮތް މުއްދަތު އިތުރު ކުރުމަށް ގާނޫނަށް އިސްލާހު ގެނައި ނަމަވެސް ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރާ ތާރީހަށް ބަދަލެއް ނާންނާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ރައްުޔިތުންގެ މަޖިލީހުގެ ދެވަނަ ދަރުއުގެ 13 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ އިންތިހާބާ ބެހޭ ގާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ ޖޫން 22, ގަ އެވެ.

އެ ގާނޫނުގެ ފަސްވަނަ މާއްދާގެ(ރ) ގައި ކުރިން އޮންނަ ގޮތުން ކުރިމަތިލާން އެދޭ މީހުން ފޯމު ހުށަހެޅުމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ. އެކަމަކު, ގެނައި އިސްލާހާ އެކު އެ މުއްދަތު ވަނީ 14 ދުވަސް ނުވަތަ ދެ ހަފްތާއަށް އިތުރުކޮށްފަ އެވެ.

އެކަމާ ގުޅިގެން އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބުތަކާ ބެހޭ މުހިންމު ތާރީހުތައް ކަނޑައަޅާފައި ވަނީ ގާނޫނަށް ބަދަލު އައިސްދާނެ ކަމަށް ވިސްނައިގެން ކަމަށެވެ. އެހެންކަމުން, ޖުލައި 23 އިން އޮގަސްޓު 7 އަށް އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ގުރުއަތުލުން އޮންނާނީ، ކެމްޕޭން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ވާ ބުދަ ދުވަހު," ހަބީބް ކުރެއްވި ޓްވީޓެއްގައި ފާހަގަކުރެއްވި އެވެ.

އިންތިހާބާ ގުޅޭ މުހިންމު ތާރީހުތައް

  • ރީ ރެޖިސްޓްރޭޝަން މުއްދަތު (21 ދުވަސް) - ޖުލައި 16 އިން އޮގަސްޓު 5 އަށް
  • ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު - ޖުލައި 23 އިން އޮގަސްޓު 7 އަށް
  • އޮބްޒާވަރުން/މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު - ޖުލައި 25 އިން އޮގަސްޓު 13 އަށް
  • ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާންކުރުން - އޮގަސްޓު 9
  • ކެންޑިޑޭޓުން ކެމްޕޭން ކުރާ މުއްދަތު (30 ދުވަސް) - އޮގަސްޓު 10 އިން ސެޕްޓެމްބަރު 8 އަށް
  • މަންދޫބުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު - އޮގަސްޓު 10 އިން އޮގަސްޓު 17 އަށް
  • އިންތިހާބުގެ ފުރަތަމަ ބުރު - ސެޕްޓެމްބަރު 9
  • ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކުރުން - އިންތިހާބު އޮންނަތާ ހަތް ދުވަހުގެ ތެރޭ
  • ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ - ސެޕްޓެމްބަރު 30
  • ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކުރުން - އިންތިހާބު އޮންނަތާ ހަތް ދުވަހުގެ ތެރޭ

ވާދަކުރަނީ ކޮން ކެންޑިޑޭޓުންނެއް

ވެރިކަން ކުރާ މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވާނީ މިހާރު ވެސް ރައީސްކަން ކުރައްވަމުން ގެންދަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ދެވަނަ ދައުރެއް ހޯދުމަށް އެމަނިކުފާނު ކުރައްވާ ކެމްޕޭން މި އީދު ބަންދަށް ފަހު ފައްޓަވާނެ އެވެ.

އެމަނިކުފާނު ވަނީ އިންތިހާބަށް ކޯލިޝަނެއް ވެސް އެކުލަވާލާފަ އެވެ. އެއީ, ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް (ސަން ސިޔާމް) ގެ މޯލްޑިވްސް ޑެވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ) އަދި މި ވެރިކަމުގައި ވެސް ކޯލިޝަނުގައި އޮތް އަދާލަތު ޕާޓީއާ އެކު އެވެ.

އިދިކޮޅު މައި ޕާޓީ, ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އެވެ. އެމަނިކުފާނު ގެންދަވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.

އެ ހުކުމް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ، ރ. ފުއްގިރީގެ ހިޔާނާތުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު މި ޖަލު ހުކުމް ޔާމީންގެ މައްޗަށް އޮތް ކަމަށްވާނަމަ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭނެ އެވެ.

މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވެސް މިއަހަރުގެ އިންތިހާބުގައި ވާދަކުރާނެ އެވެ. ރައީސް ސޯލިހުއާ އެކު ކޯލިޝަނަކަށް ނުގޮސް ވަކިން ވާދަކުރުމަށް ޖޭޕީގެ ކޮންގްރެސްއިން ނިންމައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަނީ ރިޔާސީ ޓިކެޓު ވެސް އަރުވާފަ އެވެ. މިއީ ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ތިންވަނަ ފަހަރެވެ.

ހަމައެއާއެކު, ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަނގެތި ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މުހައްމަދު ނާޒިމް ވެސް އިންތިހާބުގައި ވާދަކުރައްވާނެ އެވެ. މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޓިކެޓާ ހަވާލުވެ ނާޒިމް ވެސް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.

އޭގެ އިތުރުން, ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވެސް އިންތިހާބަށް ކުރިމަތިލާނެކަން އިއުލާނުކޮށްފައިވެ އެވެ.

އަދި, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓެއް ވެސް އިންތިހާބުގައި ވާދަކުރާނެކަން އެ ޕާޓީން ވަނީ އިއުލާނުކޮށްފަ އެވެ. ޑިމޮކްރެޓްސް ރެޖިސްޓްރީވުމާ އެކު ޕްރައިމަރީއެއް ބާއްވައި ކެންޑިޑޭޓަކު ހޮވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox