މޮޅުވިޔަސް "ހެޕީ" އެއް ނޫން: މޮރިއޭރޯ ވިސްނަންޖެހޭ ކަންކަން ގިނަ!

ގައުމީ ކޯޗު ފްރެެންޗެސްކޯ މޮރިއޭރޯ: ބޫޓާން އަތުން ރާއްޖެ މޮޅުވުމުން މޮރިއޭރޯ ހެޕީ ކަމަށް ބުނި ނަމަވެސް އެހެން މީހުންގެ ވިސްނުން ތަފާތު.

ގައުމީ ކޯޗު ފްރެެންޗެސްކޯ މޮރިއޭރޯ: ބޫޓާން އަތުން ރާއްޖެ މޮޅުވުމުން މޮރިއޭރޯ ހެޕީ ކަމަށް ބުނި ނަމަވެސް އެހެން މީހުންގެ ވިސްނުން ތަފާތު.

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގައި ރާއްޖޭން ކުޅުނު ފުރަތަަމަ މެޗުގައި ބޫޓާން އަތުން 2-0 އިން މޮޅުވި ކަމުގައި ވިޔަސް އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކޯޗު އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ، އޭނާ ހިތްހަމަޖެހޭކަން ފާޅުކޮށް "ހެޕީ" އޭ ބުނި ކަމަށް ވިޔަސް، މެޗުގެ އޮއެވަރު ދިޔަ ގޮތާއި ފެނުނު މަންޒަރުތަކަށް ބަލާއިރު، މުބާރާތުގައި ކާމިޔާބެއް ހޯދާނަމަ ވިސްނަން ޖެހޭ ކަންކަން ގިނަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ އަށް ގައުމުން ވެސް މުބާރާތާ ކުރިމަތިލިއިރު، ރަސްމީ މެޗެއް ނުކުޅެ މުބާރާތަށް އައި ދެ ޓީމުގެ ތެރެއިން އެއް ގައުމަކީ ރާއްޖެ އެވެ. ރާއްޖެ ނުލައި، ރަސްމީ މެޗެއް ނުކުޅޭ އަނެއް ގައުމަކީ ބޫޓާން އެވެ. އެކަމަކު، ބޫޓާނުން ވެސް ވަނީ ކޮލްކަތާގައި ކްލަބްތަކަކާ އެކު މެޗުތަކެއް ކުޅެފަ އެވެ. އެހެންކަމުން، އެއްވެސް ސިފައެއްގައި މެޗެއް ނުކުޅެ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އައި ގައުމަކީ ރާއްޖެ ކަމަށް ބުނުމުގެ ހުރިހާ ޖާގައެއް އެބައޮތެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ރާއްޖޭން ޖަޕާނުގައި 10 ވަރަކަށް ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދިޔައިރު، އެ ކޮޅުގައި އެއް މެޗު ކުޅެން ރާވާފައި އޮތް ކަމަށް ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ޓީމު ފުރި ދުވަހު ވަނީ މީޑިއާ އިންޓަވިއުއެއްގައި ބުނެފަ އެވެ.

ބޫޓާން މެޗަށް ފަހު އިއްޔެ ބޭއްވި ޕްރެކްޓިހުގެ ތެރެއިން ގައުމީ ޓީމުގެ ކުޅުންތެރިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގައުމީ ޓީމު ޖަޕާން ކޭމްޕްގައި ކުޅެން ހަމަޖެހިފައި އޮތް މެޗު ކެންސަލްކުރަން ޖެހުނީ ވިއްސާރައިގެ ސަބަބުން، ދެ ޓީމާއި ރެފްރީން މަޝްވަރާ ކުރުމަށް ފަހު ކަމަށް ފަހުން ޝިބާ ވަނީ ކޭމްޕްގެ ފަހުން ބުނެފަ އެވެ.

އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ކުރިން އަށް ޓީމުގެ ކޯޗުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ގާތުގައި ރާއްޖޭން މުބާރާތަށް ތައްޔާރުވާން މެޗެއް ނުކުޅުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތޯ އެހުމުން އެ ވަގުތު މޮރިއޭރޯ އެކަމާ މާ ބޮޑަށް ހާސްވާ މަންޒަރެއް ނުފެނެ އެވެ. އެ ވަގުތު އޭނާގެ ވިސްނުމުގައި ހުރީ ރާއްޖޭން މިދިޔަ ނުވަ ވަރަަކަށް މަސްތެރޭ ކުޅުނު ފަސް މެޗެއްގެ ނަތީޖާ އިން ލިބޭ ހިތްހަމަޖެހުމެވެ.

އެކަމަކު، ބޫޓާން އަތުން ޕްރެޝަރުގައި ކުޅެގެން ރާއްޖެ މޮޅުވި މެޗަށް ފަހު، އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯގެ ދައްކަމުން އައި ވާހަކައިގެ ރާގު ބަދަލުވި އެވެ. އެ ގޮތުން، ބޫޓާން މެޗަށް ފަހު އޭނާ ދެއްކީ ރަސްމީ މެޗެއް ނުކުޅެ ގިނަ ދުވަސްވެފައިވާތީ ރާއްޖޭގެ ކުޅުމެއް ބޫޓާން މެޗުގައި ނުދެއްކުނު ކަމުގެ ވާހަކަ އެވެ.

މޮރިއޭރޯ ވަނީ އޭނާ އަށް ހެދުނީ "މިސްޓޭކެއް" ކަމަށް ވަނީ ބުނެފަ އެވެ. އެ މިސްޓޭކަކީ މެޗު ނުކުޅެ، ރަނގަޅު ބޯޅައެއް ކުޅެވިދާނެ ކަމަށް އުންމީދުކުރެވުމުގެ ގޯހެވެ.

މެޗު ފިޓްނަސް އެއް ނެތް!

މީގެ ކުރިން، ގައުމީ ޓީމާ އެކު މަސައްކަތް ކުރި ކޯޗަކު "އަދަދު" އަށް ބުނީ ރާއްޖޭން ފަސް ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ޕެނަލްޓީން ލީޑުނެގިތާ 10 ވަރަކަށް މިނިޓް ފަހުން، ދެން މުޅި މެޗު ޑޮމިނޭޓްކުރީ ބޫޓާނުން ކަމަށެވެ.

ރާއްޖެ އަށް ނަސީބު އެހީވީ، ގައުމީ ޓީމުގެ ގޯލު ބަލަހައްޓަން ހުރި ކީޕަރު ހުސެއިން ޝަރީފް (ހުސެން)ގެ ރަނގަޅު ދުވަހަކާ ދިމާވުމުން ކަމަށް މަތީ ފެންވަރުގެ ތަޖުރިބާހުރި އެ ކޯޗު ވަނީ ބުނެފަ އެވެ.

"އެންމެ ފަހުން މިދިޔަ މާޗް މަހު ރާއްޖޭން މެޗެއް ކުޅެފައި މި އޮތީ، އެ ފަހުން ދެން މެޗެއް މި ކުޅުނީ މަހިބަދޫ ޓީމަކާ އެކު މިދިޔަ މަހު 27 ގައި. އެއީ މަހެއްހާ ދުވަސް ކުރި. އިންޓަނޭޝަނަލް މުބާރާތަކަށްދާއިރު، ކުޅުންތެރިން ލައްވައި މެޗު ނުކުޅެއެއް، އެ އިންނަ މެޗު ފިޓްނަސް ލެވަލް ނުގެނެވޭނެ،" އޭނާ ބުންޏެވެ.

"މޮރިއޭރޯ ހެޕީއޭ ބުނެވިދާނެ ބޫޓާން ބަލިކުރެވުނީމަ އެކަމަކު، އެ ދުވަހު އެ ފެނުނު ކުޅުމާ މެދު އެއްވެސް ދިވެއްސަކު ހެޕީއޭ ނުބުނެވޭނެ،"

ބޫޓާންގެ ޝެންޑްރަޕް (ކ) ޖަހާ ޝޮޓެއް ބްލޮކްކުރަން ރާއްޖޭގެ ފަހަތަށް ކުޅުނު މުހައްމަދު އިރުފާން (އިރޭ) މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގިނަ ބަަޔަކު ސުވާލު އުފައްދާ އަނެއް ކަމަކީ ރާއްޖޭން މިހާރު ކުޅޭ ފޯމޭޝަނެވެ. މޮރިއޭރޯ ބުނަމުން އަންނަ އޭނާގެ "އިޓާލިއަން މެންޓަލިޓީ" މި ފޯމޭޝަނުން ފެނެ އެވެ. ތިން ޑިފެންޑަރުންނާއި ދެ ފުލްބެކުން ލައިގެން މި ކުޅޭ ސިސްޓަމަކީ ހަގީގަތުގައި އިޓަލީގެ ގިނަ ކްލަބްތަކާއި އިޓަލީ ފުޓްބޯޅައިގައި ފެންނަ އާންމު ފޯމޭޝަނަކެވެ. އެކަމަކު އެއީ ރާއްޖެ އަށް އެންމެ ގުޅޭ ގޮތްތޯ އެއީ ސުވާލެކެވެ.

ރާއްޖޭން މިހާރު އެ ކުޅޭ ފޯމޭޝަނަކީ ގައުމީ ޓީމުގައި މި ތިބި ކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުން ދެއްކޭނެ ފޯމޭޝަނެއްތޯ ޔަގީންކުރަން އެބަޖެހެ އެވެ. މޮޅު ކޯޗުންނަކީ ތިބި ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދެއްކޭނެ ގޮތަށް ޓީމު ބައްޓަންކުރާ ފަރާތްތަކެވެ.

މޮރިއޭރޯ އެ ބޭނުންވާ އާ ފޯމޭޝަނަަކަށް ޓީމު ސެޓު ކުރެވޭނީ ގިނަ މެޗުތަކެއް ކުޅެގެންނެވެ. އެކަމަކު، ތައްޔާރުވާން މެޗެއް ވެސް ނުކުޅެ، މުބާރާތަކަށް ނުކުމެ، ކުއްލިއަކަށް އެ ގޮތަށް ކުޅުންތެރިންގެ މޮޅު ކުޅުން ނުފެންނަ ފޯމޭޝަނަކަށް ކުޅެންވެއްޖެނަމަ ބޫޓާނުން ރާއްޖެ އެ ވައްޓާލި ޕްރެޝަރަށް ވުރެ ދެ ގުނަ ބޮޑުކޮށް ރާއްޖެ ހާސްކޮށްލަން ބަންގްލަދޭޝާއި ލެބަނަން އިން ރާވާނެ އެވެ.

"އާ ފޯމޭޝަނަކަށް ޓީމެއް ސެޓު ކުރެވޭނީ މެޗު ގިނައިން ކުޅެގެން. އެކަމަކު މި އުޅެނީ މެޗު ނުކުޅެ ސީދާ މެޗުގައި އާ ފޯމޭޝަން ޓެސްޓްކުރަން. މިއީ، ވިސްނާނުލައި، ކުޅުންތެރިން ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓޭނެ ރިސްކެއް. މީގެ ސަބަބުން އެންމެ އަސަރުކުރާނީ ރަނގަޅު ފޯމެއްގައި ހުންނަ ކުޅުންތެރިންނަށް،" ކުރިން ވާހަކަ ދެއްކި ކޯޗު ބުންޏެވެ.

ރާއްޖޭން ކުޅެން މަސައްކަތް ކުރަން މި އަންނަ ސިސްޓަމާ މެދު ފުޓްބޯޅައިގެ ވާހަކަ ދައްކާ އެކި ތަންތަނުގައި އެކި ބަހުސްތައް އެބަ ހިނގަ އެވެ.

ކުޅުންތެރިންގެ ބޭނުންހިފޭ ރަނގަޅު ފުރަތަމަ އެގާރައެއް މުހިންމު!

ބޫޓާނާ ދެކޮޅަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރައިގައި، ރާއްޖޭގެ އެންމެ ކުރިއަށް ކުޅުނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އިއްބެ އަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިނުމުގައި އިސް ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.

މި ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދޫކޮށް، ކްލަބް ވެލެންސިއާ އަށް ބަދަލުވި އިއްބެ އަށް އެ ޓީމުގެ މެޗެއްގައި ނުުކުޅެވުނީ ވެލެންސިއާގެ މާލީ މައްސަލަތަކެއް ހުރެގެން ޓީމުގައި ރަޖިސްޓްރީ ނުކުރެވޭތީ އެވެ.

އިއްބެ، މި ސީޒަނުގައި މެޗެއް ނުކުޅެ، ގައުމީ ޓީމުގެ ފުރަތަަމަ އެގާރަ އަށް އެރުމުން އެ ވާހަކަ ދެކެވެމުން އަންނައިރު، އިއްބެ ފުރަތަމަ މެޗުގައި ކުޅުނީ އާންމު ގޮތެއްގައި އޭނާ ކުޅެމުން އަންނަ މަގާމުގައެއް ނޫނެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކުޅުންތެރިއަކު އާ މަގާމަކަށް ޓެސްޓްކުރާނީ މުބާރާތެއްގެ ފުރަތަމަ މެޗުގެ ފުރަތަމަ އެގާރައިގައިތޯ ސުވާލު އުފެދެ އެވެ. އަމުދުން، މެޗެއް ވެސް ނުކުޅެ ސީދާ މުބާރާތަކަށް އައި ޓީމަކުން އެ ފަދަ ނިންމުމެއް ނިންމީތީ ގިނަ ބަޔަކު އެ ވާހަކަ ދައްކަ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓިގެން: މި މެޗުގައި އިއްބެ (ވ-2) ފުރަަތަމަ އެގާރައިގައި ހިމެނުމުގެ ވާހަކަ އެކި ގޮތްގޮތަށް ވަނީ ދެކެވިފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔަގީންކަމާ އެކު އެނގޭ ކަަމަކީ އިއްބެ އަކީ އޭނާގެ އަސްލު މަގާމުގައި ތަފާތު މޮޅަށް ކުޅެވޭނެކަން ބައިނަލްއަގުވާމީ ލެވަލްގައި ވެސް ފެންވަރު ސާބިތުކޮށްދީފައިވާ ކުޅުންތެރިއަކު ކަމެެވެ. ބޫޓާން މެޗުގައި ވެސް ޖުމްލަކޮށް ބަލާއިރު، އިއްބެ އަށް ލިބިފައި ހުރި ބޯޅަތަކުގައި އެ މަގާމުގައި ކުޅެވޭނެ ވަރުގެ މަސައްކަތުގެ ރޭޓެއް އޭނާގެ ފަރާތުން ފެނުނެވެ.

"ކޯޗަކު ކުޅުންތެރިއަކަށް ފުުރުސަތެއް ދޭނީ ޔަގީންކަން އޮތީމަ، ކުޅުންތެރިއަކު މެކްސިމަމް ދިނުން އޮންނަނީ، އިއްބެ ފަރާތުން ލިބެންޖެހޭ މެކްސިމަމް އެ ފަދަ ހާލަތެއްގައި ލިބުނު ކަމަށް އަހަރެން ދެކެނީ،" ކުރިން ވާހަކަ ދެއްކި ކޯޗު ބުންޏެވެ.

ރަސްމީ ސިފައެއްގައި މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަަގަނުކުރި ނަމަވެސް ޓީމުގެ ބައެއް ކުޅުންތެރިންނަށް ރޯގާގެ އަސަރު ކޮށްފައިވާ ކަމެވެ. އެ ގޮތުން، ބޭރަށް ހިންގުމާއި އެ ފަދަ ކަންކަމާ ހެދި ކުޅުންތެރިންގެ ތައްޔާރީތަކާއި ފިޓްނަސް އަށް ވަނީ ބުރޫ އަރައިފަ އެވެ. މިއީ ވެސް ފުރަތަަމަ މެޗުގައި ޓީމަށް ދިމާވި ހާލަަތެކެވެ. އަނެއްކޮޅުން، އިންޑިއާ ފުޓްބޯޅައިގެ އޮފް ސީޒަން ދުވަސްވަރަކަށްވާތީ، މި ދުވަސްވަރު ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގެ ވިނަގަނޑު އޮތީ ރަނގަޅަށް އެއްވަރުނުކޮށެވެ. އެހެންވެ، ފުރަތަމަ މެޗުތަކުގައި ޖުމްލަކޮށް ހުރިހާ ޓީމަކަށް ވެސް ޕާސްކޮށްގެން ކުޅެން އުނދަގޫވި އެވެ. އެކަން މި ފަހަރުގެ މުބާރާތުގެ ޓީމުތަކުގެ ބައެއް ކޯޗުން ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ފުރަތަމަ މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ ކޯޗު، މޮރިއޭރޯ ވަނީ ރާއްޖެ އަކީ މޮޅު ޓީމެކޭ ބުނާތީ އެއީ ވެސް ޕްރެޝަރެއް ކަމަށް ބުނެފަ އެވެ. އެ ޕްރެޝަރަކީ ފުޓްބޯޅައިގައި އަބަދުވެސް ކޮންމެ ޓީމެއް ވެސް ރަނގަޅަށް ކުޅޭނަމަ އޮންނާނެ ޕްރެޝަރެކެވެ.

އެކަމަކު، މި ވަގުތު ރާއްޖެ އަށް މި އޮތް ޕްރެޝަރަކީ ސަޕޯޓަރުން ހިތްރުހޭ ވަރުގެ، އުންމީދެއް ޓީމާ މެދު ކޮށް، މި މުބާރާތުގެ ފޯރި ނެގޭނެ ވަރުގެ ކުޅުމެއް ޓީމަށް ނުދެއްކޭތީ އެ ކަމާ އޮތް މާޔޫސްކަމެއްގެ ޕްރެޝަރެވެ. އެ އަށް ހައްލެއް ގެނެވެން އޮތީ މޮރިއޭރޯގެ ކޯޗުކަމުގައި ވިސްނުންތެރިކަމާ އެކު ނިންމުންތައް ނިންމައި، ރާއްޖޭން ކަންކަން ރަނގަޅު މަގުން ގެންގޮސްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox