ހުލާސާކޮށް އިއްޔެ: ވޯޓާސް ލިސްޓަށް 500 ޝަކުވާ

Jun 24, 2023, 1:04 AM
އިންތިހާބާ ބެހޭ މައިމަރުކަޒެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދަރުބާރުގެ -- ފޮޓޯ އަދަދު

އިންތިހާބާ ބެހޭ މައިމަރުކަޒެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދަރުބާރުގެ -- ފޮޓޯ އަދަދު

އަންނަ ސެޕްޓެމްބަރު މާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވައިލި މުއްދަތު ބުރާސްފަތި ދުވަހު ހަމަވި އިރު 500 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެކޮމިޝުން އިއްޔެ ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއީލް ހަބީބު އާއްމުކުރެއްވި މައުލޫމާތުގައިވާ ގޮތުން، އެކޮމިޝަނަށް އެންމެ ގިނައިން ހުށަހަޅާފައި ހުރީ މަރުވެފައިވާ މީހުންގެ ނަން ވޯޓާސް ލިސްޓްގައި އޮތް ކަމުގެ ޝަކުވާ އެވެ. މަރުވެފައިވާ މީހުންގެ ނަތް ލިސްޓްގައި އޮތް ކަމުގެ ޖުމްލަ 465 ޝަކުވާ ހުށަހެޅި އެވެ. އެހެނިހެން ޝަކުވާ ތަކާ އެކު އެ ލިސްޓާ މެދު ހުށަހެޅި ޝަކުވާގެ ޖުމްލަ އަކީ 551 އެވެ.

އީސީގެ މައުލޫމާތުގައިވާ ގޮތުން ވޯޓާސް ލިސްޓަށް ދެވަނަ އަށް އެންމެ ގިނަ ޝަކުވާ ހުށަހެޅީ މީހުންގެ އެޑްރެސް ބަދަލުވެފައިވާކަން އަންގަން ހުށަހެޅި ޝަކުވާ އެވެ. އެކަހަލަ 58 ޝަކުވާއެއް ހުށަހެޅި އެވެ.

ލިސްޓްގައި ނަން ނެތްކަމުގެ 19 ޝަކުވާ އެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އީސީން ބުނީ ވޯޓްލާމީހުންގެ ލިސްޓާ މެދު ހުށަހަޅާފައިވާ ޝަކުވާތަކަށް ފަސް ދުވަހުގެ ތެރޭގައި ޖަވާބުދޭނެ ކަމަށެވެ.

"އީސީ އިންދޭ ޖަވާބާ މެދު، ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް އެފަރާތަކަށް ލިބިގެންވޭ. ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރުމުން، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޝަކުވާ ހުށަނާޅާ ފަރާތަކަށް ދެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ،" އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވާން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އީސީން މިހާރު ވަނީ ނިންމައިފަ އެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

ދުވަހުގެ ފޮޓޯ

ބެންގަލޫރުގައި އިއްޔެ ދިވެހި ގައުމީ ޓީމު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ބެންގަލޫރުގައި އިއްޔެ ދިވެހި ގައުމީ ޓީމު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބެންގަލޫރުގައި އިއްޔެ ދިވެހި ގައުމީ ޓީމު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox