އެމްއާރްއެމް އުވައިލުން ފަސްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު ދަމަހައްޓައިފި

Jun 23, 2023, 5:00 AM
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އިސްކޮށް ހުންނަވާ އެމްއާރްއެމްގެ މެމްބަރުން ޖަލްސާއެއްގައި. ފައިލްފޮޓޯ/އަދަދު

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އިސްކޮށް ހުންނަވާ އެމްއާރްއެމްގެ މެމްބަރުން ޖަލްސާއެއްގައި. ފައިލްފޮޓޯ/އަދަދު

ސިޔާސީ ޕާޓީއެއްގައި މަދުވެގެން ތިބެން ޖެހޭ 3،000 މެމްބަރުން ހަމަނުވާތީ މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) އުވައިލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ތަންފީޒުކުރުން ފަސްކުރަން ސިވިލްކޯޓުން ނެރުނު އަމުރު، ،އެކޮމިޝަނުން އެދުނު ގޮތަށް މުރާޖައާކޮށްދެވެން ނެތް ކަަމަށް ސިވިލްކޯޓުން ނިންމައިފި އެވެ.

ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ބުނީ ޣައިރު އެކޮމިޝަނުގެ ޣައިރު ހާޒިރުގައި އަމަރު ނެރެދޭން ހުރަސް އެޅޭ ފަދަ، ޝަރީއަތަށް ގަބޫލުކުރެވޭ ފަދަ ހަގީގަތެއް އެމްއާރްްއެމުން ހާމަނުކޮށް އޮތް ކަން އީސީއަށް ބުނެދެވިފައި ނުވާ ކަމަށެވެ. އެއީ އަމުރު މުރާޖައާކޮށްދޭން އީސީން ހުށަހެޅި އެއް ނުކުތާ އެވެ. ޣައިރު ހާޒިރުގައި އަމުރު ނެރެދޭން ތަން ނުދޭ ސަބަބުތަކެއް ހުރިކަމަށް، އެމްއާރްއެމުން ހުށަހެޅި ލިޔެކިއުންތަކަށް ބަލާއިރު ކޯޓަށް ބުރަ ނުވެވޭ ކަމަށް ވެސް އެ ނިންމުމުގައި ވެ އެވެ.

އެމްއާރުއެމް އުވާލި މައްސަލާގައި މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަދި ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން ވަނީ މިއީ އީސީގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ. އެމްއާރުއެމުން ބުނާ ގޮތުގައި އީސީއިން 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް އެ ޕާޓީން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

އީސީގެ ނިންމުން ބާތިލުކުރުމަށް އެދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޯޓުގައި ބުނެފައިވާތީ، ސިވިލް ކޯޓުގެ އަމުރު ނެރެދީފައިވަނީ 30 ދުވަހަށެވެ. އެ އަމުރު ނެރުނީ މިދިޔަ މޭމަހުގެ 28 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox