ހުލާސާކޮށް އިއްޔެ: އެޗްއާރުސީއެމްގެ ފާޑުކިޔުން ރައްޔިތުންގެ މަޖިލީހަށް

Jun 23, 2023, 1:16 AM
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ

ރައްޔިތުންގެ މަޖިލިސް ރަނގަޅަށް މަސައްކަތް ނުކުރާތީ ހައްގުތައް ހޯދަން ރައްޔިތުންނަށް ހުރަސްއެޅޭ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އިއްޔެ ފާޑުކިޔެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔުމުން، އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މަޑުޖެހިފައިވާތީ އެއީ ގާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރު ކުރަން އެޅޭ ހުރަހެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް ފުރިހަމަށް ހިނގަމުންނުދާ ކަމީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަން،" އެ ކޮމިޝަނުން ބުނެފައިވެ އެވެ.

"ހައްގުތަކާ ގުޅުންހުރި މުހިންމު ބިލުތަކުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށްނުދިޔުމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރު ކުރުމަށް އެޅިގެންދާ ހުރަހެއް."

ރައްޔިތުންގެ ހައްގުތަކާ ގުޅޭ ބިލުތަކެއް މަޖިލީހުގައި މަޑުޖެހިފައި އޮތް ކަމަށް އެޗްއާާރްސީއެމުން ބުނި ނަމަވެސް އެއީ ކޮން ބިލުތަކެއްކަން އެ ކޮމިޝަނުގެ ބަޔާނުގައި ނުބުނެ އެވެ.

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެހެން ބާރުތަކާއި ވުޒާރާތައް ޒިންމާދާރު ކުރުވަން ހުރި ގުނަވަން ކަމަށްވާއިރު މަޖިލިސްގެ މަސައްކަތް މަޑުޖެހުމަކީ "އެއް ބާރު އަނެއް ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމަށް އޮތް ހުރަހެއް" ކަމަށް ވެސް އެޗްއާރްސީއެމުން ބުނެ އެވެ.

އޭގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެއްގެ ދައުރު ޖުލައި 25 އަށް ހަމަވާތީ މެމްބަރަކު ފާސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަން ފާސްނުކޮށް ދައުރު ނިންމައި ޗުއްޓީއަށް ދިޔުމުން އެކަމާމެދު ވެސް އެޗްއާރްސީއެމުން ކަންބޮޑުވުން ފާޅު ކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ހިނގާނީ ޖޫން މަހުގެ އެންމެ ފަހު ބުރާސްފަތި ދުވަހާ ހަމައަށެވެ. މިއަދަކީ ދެ ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވަންޖެހޭ ދުވަހެވެ. އެހެން ނަމަވެސް ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ގަވާއިދު ހުއްދަ ކުރެ އެވެ.

މުހިންމު ބައެއް ހަބަރު

ސާފު ޗެމްޕިއަން ޝިޕް

ދުވަހުގެ ކޯޓޭޝަން

އެކި ސަބަބުތަކާހުރެ ހިޔާ ފްލެޓްތަކުން ހުސްވެފައިވާ 145 އެޕާޓްމެންޓު، ފްލެޓަށް ކުރިމަތިލާފައިވާ މީހުންގެ ރިޒާވް ލިސްޓުގެ ތަރުތީބުން ދޫކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން، ރައީސް އޮފީހުން ބުނީ؛

ވަޒީރުން މަޝްވަރާކުރައްވާފައި ވަނީ ހިޔާ ސްކީމުގެ ސިވިލް ސާވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށްވުރެ ދަށުން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުނުކުރާ ގޮތަށް ސަރުކާރުން ކުރިން ނިންމަވާފައިވާ ނިންމެވުމާއެކު އެކެޓަގަރީން ފްލެޓް ހަވާލުނުކޮށްތިބި 45 ފަރާތަކަށް ފެލެޓް ހަވާލުކުރުމާ މެދު. މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައި ވަނީ ދާއިމީ ލިސްޓުގައި ހިމެނިފައިވާ އެ 45 ފަރާތައް ފްލެޓް ހަވާލުކުރުމަށް."

ދުވަހުގެ ފޮޓޯ

ބަންގަލޫރުގައި މިހާރު ކުރިއަށްދާ ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗް ފެށުމުގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާމް ކިޔަނީ. އިއްޔެގެ މެޗުން ރާއްޖެ ވަނީ މޮޅުވެފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ބަންގަލޫރުގައި މިހާރު ކުރިއަށްދާ ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗް ފެށުމުގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާމް ކިޔަނީ. އިއްޔެގެ މެޗުން ރާއްޖެ ވަނީ މޮޅުވެފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގަލޫރުގައި މިހާރު ކުރިއަށްދާ ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗް ފެށުމުގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާމް ކިޔަނީ. އިއްޔެގެ މެޗުން ރާއްޖެ ވަނީ މޮޅުވެފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox