ދެކުނު ކަނޑުގެ އިން ވަކިކުރުމުން، ސިފައިންގެ ޒިންމާ ބޮޑުވެއްޖެ: ރައީސް

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ -- ފޮޓޯ/ރައީސް އޮފީސް

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ -- ފޮޓޯ/ރައީސް އޮފީސް

ދެކުނުގެ ކަނޑުގެ އިން ވަކިކުރުމުން ސިފައިންގެ ޒިންމާ ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރަން ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކޯސްޓްގާޑުގެ ޒިންމާތައް އިތުރުވެއްޖެ ކަމަށާއި އެއީ ސަލާމަތީ ގޮތުންނާއި އިގްތިސާދީ ގޮތުން އަދި އަސްކަރީ ގޮތުން އެޅުނު އިތުރު ޒިންމާތަކެއް ކަމަށެވެ.

"ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިއުމާއެކު، ކޯސްޓް ގާޑްގެ ޒިންމާ އެތައް ގުނައަކަށް އިތުރުވެއްޖެ. އެއީ ސަލާމަތީ ގޮތުންނާއި އިގްތިސާދީ ގޮތުން އަދި އަސްކަރީ ގޮތުން ވެސް، ދިވެހި އަސްކަރިއްޔާގައި އެޅުނު އިތުރު ޒިންމާތަކެއް." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އަން މޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން ހޯދުމަށް ނިންމައި، އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން އެކި ފަރާތްތަކުން މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހިންގަން ވެސް މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެފަދަ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިން، ނުވަތަ ރާއްޖޭގެ ސަރަހައްދަށް އެތެރެވާ ހިސާބުން ހުއްޓުވުމަށްޓަކައި ކޯސްޓްގާޑްގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް ހަރުދަނާކުރުން މުހިންމުކަމަށް ވެސް ވިދާޅުވި އެވެ. .

ރައީީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ މަސްކަނޑުތަކުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް، ކޯސްޓް ގާޑުން ވަނީ ބޭރުގެ 64 މަސްބޯ ހިފަހައްޓާފަ އެވެ.

ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް މިހާރު ރޭވިފައިވާ އެއް ކަމަކީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިފައިންގެ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ، އެޑްވާންސް ވެޕަން ފަޔަރިން ސިމިއުލޭޓަރު ހޯދުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މި އަހަރުގެ ތެރޭގައި އެފަދަ ހަތަރު ސިމިއުލޭޓަރު ގެނެވި މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

މިއަހަރުގެ ތެރޭގައި ސިފައިންގެ ކްރިޓިކަލް އިންފްރާސްޓަކްޗަގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން، އެންޓި-ޑްރޯން ސިސްޓަމްތަކެއް ހޯދަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން، ކ. ސިފަވަރުގައި ހަދާ އެކަތަ ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ޅ. މާފިލާފުށީގައި މިހާރު ހިންގާ އެމްއެންޑީއެފް ނޮދަން އޭރިއާގެ ހެޑްކުއޯޓަރު، ހދ. ހަނިމާދުއަށް ބަދަލުކުރަންއެ ހެޑްކުއޯޓާރު އެޅުމުގެ މަޝްރޫއު ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތަރައްގީއަށްޓަކައި ކުރި ގިނަ މަސައްކަތްތަކުން، ދިވެހި ސިފައިންގެ ގާބިލުކަން މީގެ ކުރިން އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް މިހާރުވަނީ އިތުރުކުރެވިފައި." ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިތަރައްގީ ކުރަން އިތުރު ސަމާލުކަމެއް ދެއްވަން ގަސްދުކުރައްވާ ދެ ދާއިރާއަކީ ސިފައިންގެ ކޯސްޓް ގާޑްގެ ހިދުމަތްތަކާއި ސިފައިންގެ ފަޔާ އެންޑް ރެސްކިޔޫގެ ހިދުމަތެވެ. .

"މި ދެ ދާއިރާއަކީ ވެސް، އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން އާންމު ރައްޔިތުންނާ ސީދާ ގުޅުން ހުރި ދެ ދާއިރާ. މަސްވެރި އުޅަނދުތައް ބޮޑެތިވެ، މަސްވެރިން ކަނޑުމަތީގައި ހޭދަކުރާ މުއްދަތު އިތުރުވަމުން އަންނަ އިރު، ކޯސްޓް ގާޑްގެ ހިދުމަތް ވެސް އެވަރަށް ފުޅާކުރަންޖެހޭނެ ކަމަށް ގަބޫލުކުރެވޭ." ރައީސް ވިދާޅުވި އެވެ.

ސިފައިންގެ ވެލްފެއާ ކަންކަން ހަރުދަނާ ކުރުން

ރައީސް ސޯލިހު މިރޭ ވިދާޅުވި ގޮތުގައި، ސިފައިންގެ ވެލްފެއާ ކަންތައް އިތުރަށް ހަރުދަނާ ކުރުމަށް މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ސިފައިންގެ ބޯހިޔާވަހި ކަމަށެވެ. ހުޅުމާލޭގައި ހަދާ ސިފްކޯ ހިޔާ އިމާރާތްތަކުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު، އެ އިމާރާތްތައް ނިންމުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ޚިދުމަތުގައި ތިއްބަވާ ސިފައިންގެ ބޯހިޔާވަހިކަމަށްޓަކައި، ހުޅުމާލޭ ފޭސް 2 ގައި ވެސް، 138 ޔުނިޓްގެ ޢިމާރާތެއް ބިނާކުރަން ނިންމަވާފައިވާ ކަމަށާއި އެ އިމާރާތުގެ މަސައްކަތް ވެސް މިއަހަރު ފެށޭނެ ކަމަށެވެ. އޭގެ އިތުރުން، ކަޅުތުއްކަލާ ކޮށީގައިސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މި އަހަރު ބިޑްކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން ކުރަމުން އަންނަ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ސިފައިންނާއި ފުލުހުންގެ މުސާރައަޖަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން މިހާރު ކުރަމުން އަންނަ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ. ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ އެކަމާ ބެހޭ ދިރާސާތައް ކުރަމުން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ޓީޗަރުންނަށާއި ސިއްހީ ދާއިރާއަށް މިހާރު ވަނީ މުސާރައިގެ ކުރިއެރުންތަކެއް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox