ހުލާސާކޮށް އިއްޔެ: ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތް ކުރުން

Jun 18, 2023, 1:01 AM
ހުލާސާކޮށް އިއްޔެ: ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތް ކުރުން

މާލޭ ގެއެއްގައި ރަހީނުކޮށް އެކި ވަރުގެ އަނިޔާތަކެއް ދީފައިވާ ތިން ދިވެހިން ފުލުހުން އިއްޔެ ސަލާމަތް ކުރި އެވެ.

ފުލުހުން ބުނީ ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތް ކުރީ އަބަދަށް އުފާ މަގުގައި ހުރި ގެއެއްގެ ދޮރު ވައްޓާލައި އެ ގެއަށް ގަދަކަމުން ވަދެގެން ކަމަށެވެ. ސަލާމަތް ކުރި ތިން ދިވެހިންނަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

"ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެޓެންޑުވެ، ބާރުގެ ބޭނުންކޮށްގެން އެތަނުގެ އެތެރެއަށް ވަދެފައިވޭ. އަދި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ވަނީ ސަލާމަތްކޮށްފަ. އެމީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

ރަހީނުކޮށްފައި ތިބި މީހުންގެ ނަމެއް، އަދި ލިބިފައި ހުރި އަނިޔާތަކެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ. ނަމަވެސް އެ މީހުންގެ ވަނަވަރެއް އަދި ހާމައެއް ނުކުރެ އެވެ،

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ރާއްޖޭގައި ކުރިއަށް ދާ ފައިނޭޝަން ބާސްކެޓް ޗެމްޕިއަންޝިޕްގައި ބޫޓާން އާއި ޕާކިސްތާން ބައްދަލު ކުރި މެޗްގެ ތެރެއިން.. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރާއްޖޭގައި ކުރިއަށް ދާ ފައިނޭޝަން ބާސްކެޓް ޗެމްޕިއަންޝިޕްގައި ބޫޓާން އާއި ޕާކިސްތާން ބައްދަލު ކުރި މެޗްގެ ތެރެއިން.. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި ކުރިއަށް ދާ ފައިނޭޝަން ބާސްކެޓް ޗެމްޕިއަންޝިޕްގައި ބޫޓާން އާއި ޕާކިސްތާން ބައްދަލު ކުރި މެޗްގެ ތެރެއިން.. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox