އިސްލާމިކް މިނިސްޓަރު ބޭނުންވަނީ ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމެއް

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ; ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމެއް ތައާރަފުކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ; ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމެއް ތައާރަފުކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމެއް ތައާރަފު ކުރެވިގެން ދިޔުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހަލާލް އިކޯ ސިސްޓަމް ދިވެލޮޕްމަންޓް 2023ގެ ނަމުގައި ބޭއްވި ވޯކްޝޮޕެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެއީ ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމް ތައާރަފުކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ސެރޫނާއީ އީ-ކޮމާސްއިން ކަމާ ބެހޭ ދާއިރަތަކުގެ މީހުންނާއެކު ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޒާހިރު ވިދާޅުވީ, ރާއްޖޭގައި ހަލާލް ސެޓްފިކެޓަ ދޫކުރުމުގެ މަސައްކަތް 2014 ވަނަ އަހަރު ފަށާފައިވާ ކަމަށާއި މިހާރު ހަތް ކުންފުންޏަކުން އެ ހިދުމަތް ލިބިގަންނަ ކަމަށެވެ. އަދި އެކްސްޕޯޓްކުރާ މަހުގެ ތަފާތު ބާވަތްތަކުގެ 100 އަށްވުރެ ގިނަ އުފެއްދުންތަކަށް ހަލާލު ސެޓްފިކެޓް ދޫކުރެވުނުކަން އޭނާ ފާހަގަކުރެއްވި އެވެ.

އެއީ ކުރިއެރުމެއް ނަމަވެސް, އުފެއްދުންތަކަށް ރާއްޖޭގެ ހަލާލް ސެޓްފިކެޓް ދޫކުރުމުގައި ގޮންޖެހުންތައް ހުރިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން, އެކްސްޕޯޓް އަދި އިމްޕޯޓްކުރާ އުފެއްދުންތަކުގައި ހުންނަ ތަކެތި ބަލައި ތަހުލީލުކުރާނެ ލެބޯޓްރީއެއް ރާއްޖޭގައި ނެތުމާއި, އެފަދަ އުފެއްދުންތައް ތަހުލީލުކުރާން ފަންނީ މީހުން މަދުވުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހަލާލް ސެޓްފިކެޓާމެދު އޮންނަ ހޭލުންތެރިކަން އާންމުގެ ތެރޭގައި މަދުކަމަށެވެ. އަދި އެކަމަށް ހާއްސަ ގާނޫނީ އޮނިގަނޑެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވޭ މި މަސައްކަތްތަކުގެ ދަށުން އުންމީދަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމް ތައާރަފްކުރެވިގެން ދިއުން،" މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވި އެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ ހަލާލް ސެޓްފިކެޓް ދޫކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސެރޫނާއީ އީ-ކޮމާސް ގުޅިގެން، ރާއްޖޭގައި ޑިޖިޓަލް ހަލާލް ނިޒާމެއް ގާއިމްކުރުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން, ރާއްޖެއަށް އެކްސްޕޯޓްކުރާ ތަކެތި، ޑިޖިޓަލައިޒްޑް ސިސްޓަމަކުން ޓްރެކްކޮށް، ޓެސްޓްކޮށް، މޮނިޓާ ކުރުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox