ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުންނާ ހަވާލުކޮށްފި

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ފުލުހުންނާއެކު އެއްބަސްވުމުގައި ސޮއިކުރީ މިއަދު -- ފޮޓޯ: ފުލުހުން

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ފުލުހުންނާއެކު އެއްބަސްވުމުގައި ސޮއިކުރީ މިއަދު -- ފޮޓޯ: ފުލުހުން

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފުލުހުންނާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ފުލުހުންނާ ރަސްމީކޮށް ހަވާލުކުރީ މިއަދު ދަރުބާރު ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ. އަދި އިލެކްޝަންް ކޮމިޝަނުގެ ފަރާތުން ސޮއިކުރީ އެ ކޮމިޝަނުގެ ރައީސްް ފުއާދު ތައުފީގެވެ.

މިއަދު ސޮއި ކުރީ، އިލެކްޝަންސް ކޮމިޝަންސްގެ ސަލާމަތީ ކަންކަމާއި އިންތިހާބާ ގުޅުންހުރި ކަމެއްގެ ގޮތުގައި މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެނޫން ވެސް ކަންކަމުގައި އިލެކްޝަން ކޮމިޝަނުން އެދިއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެފަރާތުން އަމަލުކުރާނެ ގޮތްތަކާ ހަމަތައް ބަޔާންކުރާ ފަހުމުނާމާއެއް ކަމުގައި ފުއާދު ވިދާޅުވި އެވެ.

އެފަދަ އިންތިހާބުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުންފަދަ ކަންކަމުގައި ފުލުހުންގެ ދައުރު ބޮޑެވެ. އެންމެ ފަހުން މިދިޔަ ޖެނުއަރީ 21، ގައި ބޭއްވި އެމްޑީޕީގެ ޕްރައިމެރީ އިންތިހާބުގައި ވެސް ގިނަ ހަމަނުޖެހުންތަކެއް ހިނގާފައި ވެއެވެ. އަދި އެކަމާއި ގުޅިގެން ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280،000 އަށް އަރާއިރު، ރާއްޖޭގެ އާބާދީގެ އެންމެ ގިނަ މީހުން ދިރިއުޅޭ މާލޭގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެ އެވެ.

ކޮމިޝަނުން އެންމެ ފަހުން ހާމަކުރި ގޮތުގައި މި އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު 600 އަށްވުރެ އިތުރެވެ.

ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ބާކީ 88 ދުވަސް އޮތް އިރު، މިހާތަނަށް އިންތިހާބުގާ ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވަނީ އެކަން އިއުލާންކޮށްފަ އެވެ.

ވެރިކަންކުރާ އެމްޑީޕީގެ ޓިކެޓުގައި ނުކުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ސަރުކާރުގެ ކޯލިޝަނުގައި އޮތް ނަމަވެސްް ޖުމްހުރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވަކިން ނުކުތުމަށް ނިންމާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަނީ ޓިކެޓު ދީފަ އެވެ.

އަދި، އިދިކޮޅު ޕީޕީއެމުން ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓު، މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަރުވާފަ އެވެ. ނަމަވެސް ޖަލު ހުކުމުގެ ސަބަބުން ޔާމީނުގެ ކެންޑިޑެސީއާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އޭގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އަމިއްލަ ގޮތުންް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައި ވެއެވެ.

މިދިޔަ އަހަރު އުފެއްދި އެމްއެންޕީގެ ޓިކެޓުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި އަލަށް ޕާޓީއެއް އުފައްދަން އެދިފައިވާ އަހުމަދު އާތިފް ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފި އެވެ. އަދި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އަލަށް އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީންވެސް ވަނީ ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox