ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު އިއްޔެ ހެޔޮކުރި އެވެ.
ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް، އެސްޓީއޯއިން ބުނެފައި ވަނީ އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން އިއްޔެ (ޖޫން 9) އިން ފެށިގެން ވިއްކާ ޕެޓްރޯލުގެ ލީޓަރަކުން 41 ލާރި، އަދި ޑީސަލް ލީޓަރަކުން 63 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.
މި ބަދަލާއެކު މިހާރު ޑީސަލް ލީޑަރެއް 14.73ރ. އަށް އަދި ޑީސަލް ލީޓަރެއް 15.07ރ. އަށް ލިބޭނެ އެވެ.

އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މެއި 1 ގަ އެވެ. އެ ދުވަހުން ފެށިގެން އިއްޔެ ރޭ ދަންވަރު 12:00 އާ ހަމަައަށް ޕެޓްރޯލް ލީޓަރެއް ވިއްކީ 15.14ރ. އަށެވެ. ޑީސަލް ލީޓަރެއް 15.70ރ. އަށެވެ.
މި އަހަރު ފެށުނުއިރު ޕެޓްރޯލް ލީޓަރެއްގެ އަގު 15.97ރ. އަށް ހުރިއިރު، ޑީސަލް ލީޓަރެއްގެ އަގު ހުރީ 16.32ރ. އަށެވެ. އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ކަނޑައެޅި އަގެވެ.
މުހިންމު ބައެއް ހަބަރު
އެޑިޓަރުގެ ހޮވުން
ދުވަހުގެ ކޯޓޭޝަން
ކޮންމެ ބޭފުޅަކު ވެސް ވެރިކަމުގެ އާރާއި ބާރާއި އިއްޒަތް ލިބުމުން ކަންކަން ބަދަލުވެގެންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާހަގަ ކުރައްވައި ވިދާޅުވީ،
އެކަމުގެ ސަބަބުން މުޅި ގައުމުގެ ހިންގުމުގެ ނިޒާމު ކިލަނބުވެ، އާންމު ދިރިއުޅުން ނިކަމެތިވެ، ގައުމުގައި އޮންނަން ޖެހޭ ހަމަޖެހުމާއި އިންސާފު ގެއްލިގެން ދޭ،"
ދުވަހުގެ ފޮޓޯ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކުރަން ރޭ ކާނިވާގައި ބޭއްވި ޖަލްސާގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












