މިދިޔަ ހޯމަ ދުވަހު ފޭސްޓޫއާ ދިމާ ކަނޑުމަތިން ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް އެޅުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއެއްގެ ހަށިގަނޑުކަމަށް ފުލުހުންް ބުނެފި އެވެ.
މިއަދު ކުރި ޓްވީޓެއްގައި ފުލުހުން ބުނީ އެ ހަށިގަނޑު ދެނެގަނެވިފައިވާކަމަށާއި، އެއީ ސައުދީގެ ބިންލާާދިން ގްރޫޕުގެ ފަރާތުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 34 އަހަރުގެ ޗައިނާ ރައްޔިތެއް ކަމަށެވެ.
މިހާރު އެމީހާގެ ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގަ އެވެ.
އެ މީހާގެ ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅު ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެން, ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށް ފުލުހުން ބުންޏެވެ.













