މާރާމާރީގެ މައްސަލައިގައި ހައްޔަރުކުރީ ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވި މީހެއް

ޕޮލިސްގެ ވެހިކަލެއް. -- ފޮޓޯ: އަދަދު

ޕޮލިސްގެ ވެހިކަލެއް. -- ފޮޓޯ: އަދަދު

މާރާމާރީ ހިންގަން އުޅެނިކޮށް މަޖީދީމަގުން ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރީ, ޓާމިނަލް ކެފޭ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ ތުހުމަތުގައި ދައުވާކޮށް ދަށު ކޯޓުގައި ކުށް ސާބިތުނުވެގެން ދޫކޮށްލި މުހައްމަދު މަފާޒު ހުސެއިން ސަލީމްކަން އެނގިއްޖެ އެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި, ޖުމުލަ ހަތަރު މީހުންގެ މައްޗަށް ދައުވާކުރިއިރު، ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލީ ހަމައެކަނި މަފާޒުގެ މައްޗަށެވެ. ނަމަވެސް އެ ދައުވާ ސާބިތުނުވުމުގެ ސަބަބުން, ކްރިމިނަލް ކޯޓުން ވަނީ އޭނާ މިނިވަން ކޮށްފަ އެވެ.

ރޭގެ މައްސަލައިގައި ބަންދުގެ މުއްދަތު އިތުރު ކުރަން މަފާޒު ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަަހުގެ މުއްދަތެއް ޖަހައިފަ އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރިއިރު, ފުލުހުން ވަނީ އެ ސަރަހައްދުން ކަތިވަޅިއެއް ވެސް ހޯދާފަ އެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން ކުރިން ބުނީ ގްރޫޕެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅެނިކޮށް ފުލުހުންގެ ހައި ވިޒިބިލިޓީ ޑިޕާޓްމެންޓުން ހުއްޓުވާފައިވާ ކަމަށެވެ. އެ ގްރޫޕުގެ ތެރެއިން އެކަކު އަތުލައި ގަނެވުނުއިރު, އަނެއް ދެމީހުން ވަނީ ދުވެ ފިލާފަ އެވެ.

ނަމަވެސް އެމީހުން ފިލީ އެމީހުން ދުއްވަން ގެންގުޅު ސައިކަލު ދޫކޮށްލާފަ އެވެ. އެހެންކަމުން ފުލުހުން ވަނީ އެ ދެ ސައިކަލު ޓޯކޮށްފަ އެވެ.

ނަދީމްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވި, ދައުވާ އުފުލާފައިވާ މީހަކު ރޭ މާރާމާރީއަކާ ގުޅިގެން ހައްޔަރުކޮށްފައިވާއިރު, ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ދަށު ކޯޓުގައި ސާބިތުނުވީ މައްސަލާގައި ސިއްރު ހެކިބަސް ދިން ދެމީހަކު, އެމީހުންގެ ހެކިބަސް އަނބުރާ ގެންދިއުމުންނެވެ.

ނަދީމްގެ ބޮލަށް އެ ހަމަލާ ދިން ކަމަށް ދައުލަތުން މަފާޒުގެ މައްޗަށް ތުހުމަތު ކުރަނީ ވެސް މޫނު ފޮރުވަން އަޅައިގެން ހުރި ފޮތިގަނޑު ވެއްޓިގެން މޫނު ފެނުނު ކަމަށް އެ ދެ ހެކިވެރިން ބުނެފައިވާ ބުނުމުގެ މައްޗަށެވެ. އެކަމަކު ދެ ހެކިން ފަހުން ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެހެން ޝަރީއަތުގައި ބުނީ ހީވި ހީވުމެއްގެ މައްޗަށް ކަމަށެވެ.

އެ ސިޓީތަކާ ގުޅިގެން ނަދީމްގެ ބޮލަށް ހަމަލާ ދިނީ ސީދާ މަފާޒު ކަމާ މެދު އުފެދޭ ޝައްކު ފިލުވައިނުލެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ މަފާޒުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ގާޒީ ނިންމެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox