ސިޔާސީ ޕާޓީއަކަށް ވައްދަން ހުށަހަޅާ ނަމަ އެމީހަކަށް އަންގަންޖެހޭ ގޮތަށް ހަދައިފި

ދި ޑިމޮކްރެޓްސްގެ ފޯމުތަކެއް ކޮމިޝަނަށް ހުށަހަޅަނީ: އާ އުސޫލުގައިވާ ގޮތުން ދަފްތަރުގައި ޖައްސަން ބޭނުންވާ މީހާއަށް އެކަން އަންގަންޖެހޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދި ޑިމޮކްރެޓްސްގެ ފޯމުތަކެއް ކޮމިޝަނަށް ހުށަހަޅަނީ: އާ އުސޫލުގައިވާ ގޮތުން ދަފްތަރުގައި ޖައްސަން ބޭނުންވާ މީހާއަށް އެކަން އަންގަންޖެހޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސިޔާސީ ޕާޓީތަކުން މެމްބާޝިޕް ފޯމު ހުށަހެޅުމުން ޕާޓީތަކަށް ވައްދަން ހުށަހަޅާ މީހާއަށް އެކަން އަންގަންޖެހޭ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދު ބުދަ ދުވަހު އިސްލާހުކޮށްފި އެވެ.

އެ ގަވާއިދަށް އިލެކްޝަންސް ކޮމިޝަނުން ގެނައި ހަ ވަނަ އިސްލާހުގައި ވަނީ މެމްބާޝިޕް ފޯމުތަކަށް ޝަކުވާ ހުށަހެޅުމުގެ އުސޫލެއް އެކުލަވާލައިފަ އެވެ. އޭގައިވާ ގޮތުން ޕާޓީއަކުން ފޯމު ހުށަހެޅުމުން ޕާޓީގައި ދަފުތަރު ކުރަން ބޭނުންވާ މީހާގެ ފޯނު ނަމްބަރަށް ކޮމިޝަނުން އެސްއެމްއެސްއެއް ފޮނުވަންޖެހެ އެވެ.

ކޮމިޝަނުން ފޮނުވާ އެސްއެމްއެސް ރައްދުވާ ފަރާތުން އެ މެސެޖަށް ހަތް ދުވަހުގެ ތެރޭގައި ޖަވާބުދޭންޖެހެ އެވެ. ނަމަވެސް މެސެޖަށް ޖަވާބު ނުދީފި ނަމަ ވާނެ ގޮތެއް އުސޫލުގައި ބުނެފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވެސް ކުރަމުން އަންނަ ބައެއް ކަންކަން އާ އުސޫލުގެ ދަށުން ވަނީ ރަސްމީކޮށްފަ އެވެ. އެގޮތުން، ޕާޓީތަކުން މެމްބާޝިޕް ފޯމު ހުށަހެޅުމުން، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އޭގައިވާ މީހުންގެ މައުލޫމާތު އާންމުކުރުން ހިމެނެ އެވެ.

އެ އުސޫލުގެ ދަށުން ކޮމިޝަނުން ޝަކުވާއެއް ބަލައި އެއީ ސައްހަ ޝަކުވާއެއްކަން ސާބިތުވެއްޖެ ނަމަ އެ ޕާޓީއަކާމެދު "އުސޫލު ތަންދޭ މިންގަނޑުގެ ތެރޭގައި" ފިޔަވަޅު އަޅަންޖެހެ އެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލު ކުރުމަށް ހުށަހެޅުމުން އެކަން އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތެއް ވެސް އާ އުސޫލުން ވަނީ ކަނޑައަޅައިފަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކޮށްދިނުމަށް ހުށަހަޅައިފި ނަމަ އެއް ދުވަހުގެ ތެރޭގައި އެކަން ކޮށްދޭންޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އުފައްދަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސް އުފައްދަން ބޭނުންވާ 3000 ފޯމު ހަމަ ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ބުރާސްފަތި ދުވަހެވެ. އެހެންކަމުން ޑިމޮކްރެޓްސް ހުށަހެޅި ފޯމުތަކަށް ޕްރޮސެސް ކުރާނީ އާ އުސޫލުގައިވާ ގޮތުގެ މަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox