ހުލާސާކޮށް އިއްޔެ: ގާސިމްގެ ހާއްސަ އިލްތިމާސްއެއް

May 31, 2023, 2:21 AM
ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖެ އާއި ޗާގޯސް އާއި ދެމެދު އިން ވަކިކުރި ގޮތާމެދު ހިތްހަމަނުޖެހި، އެއީ ދިވެހިންގެ ކަނޑުން ބައެއް ވިއްކާލީ ކަމަށް ބުނެ، "ފޯޅަވަހި ކޯލިޝަން" އިން ހުކުރު ދުވަހު މާލޭގައި ބާއްވާ އެއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށް، އެ އެއްވުމުގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެންބަރަކު ބައިވެރި ނުވުމަށް އެދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހާއްސަ އިލްތިމާސްއެއް އިއްޔެ ކުރެއްވި އެވެ.

ފޯޅަވަހި ކޯލިޝަނަށް ޖުމްހޫރީ ޕާޓީން ތާއިދު ނުކުރިޔަސް، އެ ޕާޓީގެ ބައެއް މެމްބަރުން ފޯޅަވަހި ކޯލިޝަންގެ ހަރަކާތްތަކުން ފެނިގެންދެ އެވެ. ނަމަވެސްގާސިމް އިލްތިމާސް ކުރައްވާފައި މިވަނީ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ އެ އެއްވުމުގައި އެ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރި ނުވުމަށެވެ.

ރާއްޖޭގައި ހުންނެވި އެންމެ ބޮޑު މަހުޖަނު މިގޮތަށް އިލްތިމާސް ކުރެއްވީ އެ ޕާޓީ ކައުންސިލްގެ ވަޓްސްއެޕް ގުރޫޕަށް އިއްޔެ ފޮނުއްވި ދިގު މެސެޖެއްގަ އެވެ.

"ދޭއް ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެ ވަޑައިނުގަތުމަކީ އަޅުގަނޑުގެ އިހުލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެކެވެ،" އެ މެސެޖުގައި ލިޔުއްވައިފައިވެ އެވެ.

ޕާޓީގެ މެމްބަރުންނަށް ގާސިމް ހަނދާން އާކޮށްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް އޭރު އިދިކޮޅު ޕާޓީތަކުން މެއި 1، 2015 ގައި ބޭއްވި "މޭޑޭ މުޒާހަރާ"ގެ ނަތީޖާ ނުކުތް ގޮތެވެ.

ގާސިމް ވިދާޅުވީ މޭޑޭގެ މުޒާހަރާއިން ނުކުންނާނެ ކަމަށް ލަފާ ކުރި ނަތީޖާ އާއި ނުކުތް ނަތީޖާ ވަރަށް ބޮޑަށް ތަފާތު ކަމަށާއި އެ މުޒާހަރާގައި ވެސް ޖުމްހޫރީ ޕާޓީން ބައިވެރިނުވަން ނިންމީ ނަތީޖާ ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.

ހުކުރު ދުވަހުގެ އެއްވުމުގެ މިސްރާބާއި ނަތީޖާ ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުގެ ގިނަ މެންބަރުންނަށް އޮޅިފައި ނޯންނާނެ ކަމަށާއި އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި ގޮތަށް ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން އިސް ކުރުމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ގާސިމް އެދިވަޑައިގެންނެވި އެވެ.

އެ އެއްވުމުގައި ބައިވެރި ނުވުމަށް ގާސިމް އިލްތިމާސް ކުރެއްވިއިރު، ޖުމްހޫރީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން މީގެ ކުރިން ވަނީ ފޯޅަވަހި ކޯލިޝަނާ އެކު މަސައްކަތްތަކެއް ވެސް ކުރައްވައިފަ އެވެ. ނަމަވެސް އެ ޕާޓީން ކަނޑުގެ އިންވަކިކުރުމުގެ މައްސަލައިގައި ރަސްމީކޮށް ވަކި ސްޓޭންޑެއް ނަގައިފައެއް ނުވެ އެވެ.

ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިފައިވާ ކަމަށް ބުނެ ފޯޅަވަހި ކޯލިޝަނުން އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން ދާއިރު އެ ކޯލިޝަނުގެ ތެރޭގައި ވެސް ވަނީ ބައެއް ކަންކަމުގައި ދެބަސްވެ ހިޔާލު ތަފާތުވެފަ އެވެ.

ފޯޅަވަހި ކޯލިޝަންގައި ހިމެނެނީ ޕީޕީއެމް, ޕީއެންސީ، އެމްއެންޕީ، އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރެވެ.

ހުކުރު ދުވަހުގެ އެއްވުމުގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެންބަރަކު ބައިވެރިނުވުމަށް ގާސިމް އެދިވަޑައިގެންފައި ވާއިރު، އަލަށް އުފައްދާ ދަ ޑިމޮކުރެޓްސް އިން ވެސް އަދި އެ އެއްވުމުގައި ބައިވެރިވުމާ މެދު ގޮތެއް ނުނިންމަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

އޯލެވެލްގެ ނަތީޖާ ދަށްވުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ،

"އެހެންވީމާ އަޅުގަނޑުމެންނަށް ފެންނަނީ އަސްލު ރެޕްރެސެންޓޭޝަން އެއް ނޫން. ފަސް މާއްދާއިން ފާސްވާ ކުދިން ކަލްކިއުލޭޓް ކުރަން އޮފް ރޯލް ކުރަނީ. އެއީ ފާސް ނުވާނެހެން ހީވާ ކުދިން ބާކީކޮށްފައި ފާސްވާނެ ކުދިން ކަލްކިއުލޭޝަނަށް ލާފަ ތަފާސްހިސާބު ހަދަނީ,"

ދުވަހުގެ ފޮޓޯ

ބޭނުންކުރަން ފެށުމުގެ ކުރިން އަންދާލި ނ. ލަންދޫ ކައުންސިލްގެ ޕިކަޕް
ބޭނުންކުރަން ފެށުމުގެ ކުރިން އަންދާލި ނ. ލަންދޫ ކައުންސިލްގެ ޕިކަޕް

ބޭނުންކުރަން ފެށުމުގެ ކުރިން އަންދާލި ނ. ލަންދޫ ކައުންސިލްގެ ޕިކަޕް

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox