ބިދޭސީން ގަވައިދަށް ފައްތާ އުސޫލު ހަރުދަނާކޮށް އާ ގަަވައިދު ނެރެފި

May 25, 2023, 11:55 AM
މަސައްކަތްކުރާ ސަރަހައްދެއްގައި ބިދޭސީންތަކެއް ހަރަކާތްތެރި ވަނީ. ރެގިއުލަރައިޒޭޝަން އުސޫލު ވަނީ ހަރުދަނާކޮށްފައި. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

މަސައްކަތްކުރާ ސަރަހައްދެއްގައި ބިދޭސީންތަކެއް ހަރަކާތްތެރި ވަނީ. ރެގިއުލަރައިޒޭޝަން އުސޫލު ވަނީ ހަރުދަނާކޮށްފައި. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގަވައިދަށް ފެއްތުމުގެ އުސޫލު ކުރިއަށް ވުރެ ހަރުދަނާކޮށް، ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ގަވައިދު އަލުން ގެޒެޓްކޮށްފި އެވެ.

ދެހާސް އަކާވީސް ވަނަ އަހަރު އަމަލު ކުރަން ފެށި "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު" އިސްލާހުކޮށް އިއްޔެ ވަނީ ހަމަ އެ ނަމުގައި ގަވައިދެއް ގެޒެޓްކޮށްފަ އެވެ.

އާ ގަވައިދުގައިވާ ގޮތުން ރެގިއުލަރައިޒްކުރަން ހުށަަހަޅާ ބިދޭސީންނާ ހަވާލުވެވޭނީ ވަޒީފާ އަދާކުރުމާ ގުޅޭ ގޮތުން އެކުލަވައިލާ ގަވައިދަކާ ހިލާފުވެފައި ނުވާ ނަމަ އެވެ. ކުރީގެ ގަވައިދުގައި އެ ޝަރުތެއް ނެތެވެ.

އެހެން ނަމަވެސް ކުރީގެ ގަވައިދުގައިވާ ގޮތުން، ގަވައިދަށް ފެެތެން އެދި ހުށަހަޅާ ބިދޭސީ މީހާ އަށް ވަޒީފާ ދިނުމުގެ ހުއްދަ ކުރިން ލިބުނު ފަރާތަަކަށް އޭނާއާ އަލުން ހަވާލެއް ނުވެވޭނެ އެވެ. އާ ގަވައިދު އެކަމަށް ހުރަހެއް ނާޅަ އެވެ.

ގަވައިދަށް ފެތެން އެދެވޭނެ ބިދޭސީންނަކީ ސައްހަ ހުއްދައެއްގައި ރާއްޖެ އައިސް، ހޯދަންޖެހޭ އެހެން ހުއްދަތައް ނުހޯދާ ތިބި ބިދޭސީންނަށް ވާންޖެހެ އެވެ. އެފަދަ ބިދޭސީން ގަވައިދަށް ފެތެން އެދި ހުށަހެޅުމުން އޭނާއަކީ ކާކުކަން ދެނެގަތުމުގެ މަރުހަލާގައި އިކޮނޮމިކް މިނިސްޓްރީން އަންގާ ތަނަކަށް ބިދޭސީ މީހާ ގެންދާންޖެހޭނީ ވަޒީފާ ދޭ ފަރާތުންނެވެ.

ކާކުކަން ދެނެގަތުމުގެ މަރުހަލާގައި ބިދޭސީ މީހާ އެއްބާރުލުން ނުދީފި ނަމަ އޭނާ ގަވައިދަށް ނުފައްތައި އއަނބުރާ ގައުމަށް ފޮނުވައިލަން އެންގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox