ހުޅުމާލޭ މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް ބަޔަކު ހަމަލާދީފި އެވެ.
މަންޒަރު ދުށް މީހަކު "އަދަދު" ނޫހަށް ކިޔައިދިން ގޮތުގައި ފުލުސް މީހާއަށް ހަމަލާ ދިނީ ގާތްގަނޑަކަށް ފަސް މީހުންގެ ގްރޫޕަކުންނެވެ.
ފުލުހަށް ހަމަލާދީފައި އެ މީހުން ގޮސް ވަނީ ހުޅުމާލެ 53 ވަނަ ފްލެޓު ތެރެއަށެވެ. ފަސް މީހުން އަތުލައިގަތްކަން އަދި ސާފެއް ނޫނެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހަތަރު މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހުން ގޮސް ހަމަލާ ދިނީ ކުލަ ހެދުމުގައި މަގުމަތީ ހުރި ފުލުހަކަށެވެ. އޭނާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ނުލިބޭތީ، އަދި އިތުރު ތަފުސީލެއް ނުލިބެ އެވެ. އެގޮތުން ފުލުސް މީހާއަށް ލިބުނު އަނިޔާތަކެއް ވެސް އަދި ސާފެއް ނުވެ އެވެ.

އެ ސަރަހައްދުގައި މި ވަގުތު ހަރަކާތްތެރިވަމުން އަންނަ "އަދަދު" ނޫހުގެ ރިޕޯޓަރަކު ބުނި ގޮތުގައި، ފުލުހުން ގެންދަނީ ހުޅުމާލެ 53 ވަނަ ފްލެޓް އެތެރޭގައާއި އެ ފްލެޓް ކައިރީ ހަރަކާތްތެރިވަމުންނެވެ.













