މި އަހަރުގެ ފުރަތަމަ ހަތަރު މަހު މަގުމަތީގެ 539 އެކްސިޑެންޓު ހިނގައި 77 މީހަކަށް ހާނީއްކަވެފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
ފުލުހުން އާންމު ކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައި އެންމެ ކާރުބާރުބޮޑު މާލެ ސިޓީގަ އެވެ. މާލޭގައި 516 އެކްސިޑެންޓު ހިނގިއިރު އެއީ މުޅި ރާއްޖޭގައި ހިނގި އެކްސިޑެންޓުގެ ތެރެއިން 95 ޕަސެންޓެވެ. އެއީ އެވްރެޖުކޮށް ދުވާލަކު ފަސް އެކްޑިޑެންޓެވެ.
އެންމެ ގިނައިން ހިނގާފައިވަނީ ކާރު އެކްސިޑެންޓެވެ. އެކްސިޑެންޓުތަކުގައި 341 ކާރު ހިމެނޭއިރު، އެކްސިޑެންޓުވި ސައިކަލުގެ އަދަދަކީ 317 އެވެ. އޭގެ އިތުރުން، ހަ ހެވީ-ވެހިކަލެއް ވެސް އެކްސިޑެންޓުވެފައިވެ އެވެ.
މާލޭގެ އިތުރުން ދެން އެންމެ ގިނައިން އެކްސިޑެންޓު ހިނގީ ފުވައްމުލަކުގަ އެވެ. އެ ރަށުގައި ނުވަ އެކްސިޑެންޓު ހިނގި އެވެ. އަދި އައްޑޫގައި ހަ އެކްސިޑެންޓު ހިނގިއިރު ކުޅުދުއްފުށީގައި ހިނގީ އެންމެ ތިން އެކްސިޑެންޓެވެ.
ފުރަތަމަ ހަތަރު ކުއާޓަރުގައި ޓްރެފިކުގެ ގަވާއިދުތަކަށް އެންމެ ގިނަ މީހުން ހިލާފުވީ ލައިސަންސު ނެތި ވެހިކަލް ދުއްވައިގެނެވެ. އެގޮތުން ލައިސަންސު ނުލައި ސައިކަލު ދުއްވުމުގެ 824 މައްސަލައެއް އޭޕްރީލްގެ ނިޔަލަށް ފުލުހުން ބެލި އެވެ. ދެން އެންމެ ގިނައީ ރޯޑްވާދިނަންސް ނުހައްދައި ދުއްވުމުގެ މައްސަލަ އެވެ. އެފަދަ 283 މައްސަލަ ފުލުހުން ބެލި އެވެ.

މުހިންމު ބައެއް ހަބަރު
ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ހޭންޑުބޯލް މުބާރާތުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












