އީސީގެ ޖޮބް ފެއާ: ވަޒީފާގެ ގިނަ ފުރުސަތުތަކެއް

May 19, 2023, 8:20 AM
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި، ވޯޓު މަރުކަޒުގައި ހަރަކާތްތެރިވި އޮފިޝަލުން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި، ވޯޓު މަރުކަޒުގައި ހަރަކާތްތެރިވި އޮފިޝަލުން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރިޔާސީ އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ ވަގުތީ މުވައްޒަފުންނާއި ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ހޯދަން ބާއްވާ ޖޮބް ފެއާ މާދަމާ ދަރުބާރުގޭގައި ފަށާނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ޖޮބް ފެއާ ކުރިއަށް ދާނީ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ. ޖޮބް ފެއާއަށް ޒިޔާރަތް ކުރުމުން ވަގުތުން އިންޓަވިއުކޮށް ވަޒީފާގެ ކަންކަން ކުރިއަށް ގެންދާން ފަށާނެ ކަމަށެވެ.

"އައިޑީ ކާޑާއި ތައުލީމީ ސެޓްފިކެޓުތައް ހިފައިގެން ވަޑައިގަތުމުން ޓެސްޓު ދޭންޖެހޭނަމަ ޓެސްޓު ދީ، އިންޓަވިއުކޮށްފައި ދެ ދުވަހެއްގެ ތެރޭގައި އަންގާނަ ހޮވުނުކަން ނުވަތަ ނޫންކަން،" އޭނާ ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވުމަށް ގާތްގަނޑަކަށް 6000 އޮފިޝަލުން ބޭނުންވާއިރު، މިހާތަނަށް ލިބިފައިވަނީ 1،300 އޮފިޝަލުން ކަމަށެވެ.

ޖޮބް ފެއާގައި ކޮމްޕްލެއިންޓްސް ބިއުރޯއަށް ބޭނުންވާ މެމްބަރުން ވެސް ހޯދުން ހިމެނެ އެވެ. އެ މަގާމަށް ބޭނުންވަނީ ގާނޫނީ ދާއިރާގެ ޑިގްރީއެއް އޮތުމާއެކު ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ.

އިންތިހާބުގެ މަސައްކަތްތަކަށް މުވައްޒަފުން ބޭނުންވާ ދާއިރާތައް

  • ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުން
  • މެނޭޖަރު
  • މީޑިއާ އޮފިސަރު
  • ސީނިއާ އޮފިސަރު
  • ގްރެފިކްސް ޑިޒައިނަރު
  • ފޮޓޯގްރާފަރު
  • އޮފިސަރުން
  • މަސައްކަތު މީހުން
  • ސެކިއުރިޓީ އޮފިސަރުން
  • ޑްރައިވަރުން
  • ސަޕޯޓު އޮފިސަރުން
  • ވޯޓު މަރުކަޒުގެ އޮފިޝަލުން

"މިއީ ވަގުތީ ވަޒީފާއެއް ނަމަވެސް، މި ވަޒީފާތަކުގެ ތެރެއިން ގިނަ ވަޒީފާތަކުގައި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ތިބޭނެ،" ހަބީބު ވިދާޅުވި އެވެ.

އިންތިހާބަށް ނަގާ ވަގުތީ މުވައްޒަފުންގެ ތެރެއިން ގިނައީ ވޯޓު މަރުކަޒުގެ އޮފިޝަލުންނެވެ. މިހާތަނަށް އޮފިޝަލުންގެ ގޮތުގައި 1،300 މީހުން ލިބިފައި ވިޔަސް، ރަށްރަށުގައި އޮފިޝަލުން ލިބުމުގެ ދަތިކަމެއް ނޫޅޭނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

ވޯޓު މަރުކަޒުގެ އޮފިޝަލުންގެ ޝަރުތު

  • އުމުރުން 18 އަހަރު ފުރުން
  • ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރާ މީހަކަށް ނުވުން
  • ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުން
  • އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ/ ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން
  • އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުން
  • މިފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލް މީހަކަށް ވުން
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން

ވޯޓުލާ މަރުކަޒުގެ އޮފިޝަލުން އުޖޫރަ

  • ވޯޓުލާ މަރުކަޒުގެ ވެރިޔާ: 1500ރ. - (ހަމައެކަނި ވޯޓުލާ ދުވަހު)
  • ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ - 1،200ރ. (ހަމައެކަނި ވޯޓުލާ ދުވަހު)
  • ވޯޓުލާ މަރުކަޒު އޮފިޝަލުން: 1،000ރ. (ހަމައެކަނި ވޯޓުލާ ދުވަހު)
  • ރިޒާވް އޮފިޝަލުން: 500ރ. (ހަމައެކަނި ވޯޓުލާ ދުވަހު)

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox