ކުވެއިތު ފަންޑުން ހަރަދު ކުރާ ގޮތަށް ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން 686 މިލިއަން ރުފިޔާއަށް ހަވާލުކޮށށްފި

މިއަދު ރަސްމިއްޔާތުގެ ތެރެއިން: ހޮސްޕިޓަލް އަޅަނީ ދިވެހި އަދި އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްގެން -- ފޮޓޯ:

މިއަދު ރަސްމިއްޔާތުގެ ތެރެއިން: ހޮސްޕިޓަލް އަޅަނީ ދިވެހި އަދި އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްގެން -- ފޮޓޯ:

ކުވެއިތު ފަންޑުން ހަރަދު ކުރާ ގޮތަށް ދިވެހިރާއްޖޭގެ ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން މިނިސްޓްރީ އޮފް ހެލްތުން މިއަދު ދެ ކުންފުންޏަކާ 686 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި އެވެ.

ހޮސްޕިޓަލް އަޅަން ނިންމީ ހދ. ހަނިމާދޫ އާއި ށ. މިލަންދޫ އާއި ނ. ވެލިދޫ އާއި ކ. ތުލުސްދޫ އާއި އދ. މާމިނގިއްޔާއި ވ. ފެލިދޫ އާއި ތ. ވިލުފުށީގަ އެވެ. އެއިން ކޮންމެ ރަށެއްގައި ވެސް އަޅަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

"މިއީ ސިއްހީ ދާއިރާގެ ތަރައްގީތަކުގެ ސިލްސިލާއަށް އިތުރުވި ބޮޅެއް މިއަދު އަނެއްކާ ވެސް. އެނގިވަޑައިގަންނަވާނެ ފަދައިން ރައީސު އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅުގެ ދަށުން ވަކި ގޮތަކަށް ސިއްްހީ ދާއިރާ އެއް އަމާޒަކަށް ދަތުރު ކުރަމުންދާ ދިޔުމުގައި ތަރުތީބު ކުރެވިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ،" މަޝްރޫއުތަކުގެ އެގްރިމެންޓުގައި ސޮއި ކުރުމުގެ ހަފުލާފައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވި އެވެ. "ހަމަ ކަމެއް ކުރީނީކީއެއް ނޫން."

Advertisement

މަސައްކަތް ހަވާލު ކުރީ ޑިއުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކާއި އާނަންދު ބިލްޑް ޓެކް ކިޔާ އިންޑިއާގެ ކުންފުންޏަކަށެވެ.

ހޮސްޕިޓަލް އަޅަން ނިންމި ރަށްތަކުގެ ހަނިމާދޫ އާއި މާމިނގިއްޔާއި ފެލިދޫ އާއި ވެލިދޫގެ ހޮސްޕިޓަލް އަޅަން ހަވާލު ކުރީ ދިވެހި ކުންފުންޏާ އެވެ. އިންޑިއާ ކުންފުންޏާ ހަވާލު ކުރީ މިލަންދޫ، ވެލިދޫ އަދި ތުލުސްދޫގައި ހޮސްޕިޓަލު އެޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox