ހުލާސާކޮށް އިއްޔެ: ދޯނީގައި ތިބި ދެ މީހުން ސަލާމަތް ކުރުން

May 13, 2023, 1:32 AM
ގެއްލުނު ޖަމްބޯ ދޯނި

ގެއްލުނު ޖަމްބޯ ދޯނި

މުދާ ބަރުކޮށްގެން މާލެއިން ބުރާސްފަތި ދުވަހު ފުރި ދޯންޏެއް ގެއްލިގެން ހޯދަނިކޮށް އޭގެން ދަތުރު ކުރި ދެ މީހުން ކަނޑު ވެފައި ތިއްބައި ސަލާމަތްކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ބުނީ ސަލާމަތް ކުރި ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.

ސިފައިން ބުނީ ގެއްލުނީ ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރުމަށްފަހު، އެރަށުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރި "ޖަންބޯ" ދޯނި ކަމަށެވެ. އޭގައި ތިބީ މިއަދު ފެނުނު ދެ ފަޅުވެރިން އެކަންޏެވެ.

އެ ދޯނީގެ ކައްޕި އަކީ ރ. މާކުރަތު މީހެކެވެ. ދެން ހުރީ ބިދޭސީއެކެވެ.

"ޖަންބޯ" އަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

މަދީނާގެ ބާޒާރުމަތީގައި އޭނދަ ފެންނަނީ ސަލާންޖަހަން އިން ޔަހޫދީއެކެވެ. މަދީނާގައި އޭރު ބާރުހުރީ ވެސް، ގިނައީ ވެސް މުސްލިމުންނެވެ. އޭނާ އެތަނުގައި ސަލާންޖަހަން އިންނާނީ އެތަނުގައި އުޅޭ މުސްލިމުންގެ އަތުން އެއްޗެއް ލިބިދާނެ ކަމުގެ އުންމީދެއް އޮވެގެންކަމާމެދަކު ޝައްކެތް ނެތެވެ. އެ އުންމީދު އޮންނާނީ އެބައި މީހުންގެ މެދުގައި ގާއިމުވެފައި އޮތް އަމާންކަމުގެ ނަތީޖާއިންނޫންތޯ އެވެ. ފާހަގަ ކޮށްލަންޖެހޭ އަނެއް ކަމަކީ، އުމަރުގެފާނު ރައްޔިތުންގެ ހާލުއަހުވާލު ބައްލަވަން ބާޒާރު މައްޗަށް ނުކުންނަވާ ނުކުންނެވުމެވެ. ރައްޔިތުންގެ ހާލު ކައިރިން ބައްލަވާ ގޮތުގެ ފުރިހަމަކަމެވެ. އަދި އެކަމުގައި ވެސް ވަކި ނަސްލެއް ވަކި ދީނެއްގެ މީހެއް ތަފާތުކުރުމެއްނެތި އިންސާނިއްޔަތުކަމުގެ ނަޒަރުން ބައްލަވައި ރައްޔިތުންގެ ހާލަތު އޮޅުންފިލުއްވަމުން ގެންދެވި ގޮތެވެ.

ދުވަހުގެ ފޮޓޯ

ބަންގްލަދޭޝްގައި މި މަހު 13-17 އަށް ކުރިއަށްދާ އައިއެޗްއެފް ޓްރޮފީ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ 17 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު މިއަދު ހެނދުނު ޑާކާ އަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ބަންގްލަދޭޝްގައި މި މަހު 13-17 އަށް ކުރިއަށްދާ އައިއެޗްއެފް ޓްރޮފީ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ 17 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު މިއަދު ހެނދުނު ޑާކާ އަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ބަންގްލަދޭޝްގައި މި މަހު 13-17 އަށް ކުރިއަށްދާ އައިއެޗްއެފް ޓްރޮފީ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ 17 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު އިއްޔެ ހެނދުނު ޑާކާ އަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox