ފޯޅަވައްސާއި އައްޑޫއާ ދެމެދު އޮތް ކަނޑުގެ އިގުތިސޯދީ ސަރަހައްދުގެ އިން ވަކިކުރި މައްސަލަ ރާއްޖެ ބޭނުންވި ގޮތަށް ނިމުނަސް، އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުން ކަމަށް ބުނެ، ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުމުގެ" ތާއިދާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޒުލު ކުރުމުގެ މަސައްކަތް އިދިކޮޅު ސިޔާސީ ޕާޓީތަކުން (ފޯޅަވަހި ކޯލިޝަން) އިން ފަށައިފި ކަމަށް ރިޕޯޓުކުރީ އިއްޔެ އެވެ.
އެމްޑީޕީ އާއި އެމްޑީއޭ ފިޔަވައި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާ އެހެން ސިޔާސީ ޕާޓީތަކާއި ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ހަރަކާތް ގުޅިގެން، "ގުޅިފައިވާ ޕާޓީތަކުގެ ޕީޖީ ގްރޫޕު"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭފުޅުން ވިދާޅުވީ ރައީސް ސޯލިހު މަގާމުން ދުރުކުރަން ހުށަހެޅޭވަރަށް ސޮއި ލިބޭނެ ކަމަށެވެ.
ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން، ސަބަބުން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ހުށަހަޅަންޖެހޭނެ ކަމަށެވެ.
އައްޑިހަ ހަތް މެމްބަރުންގެ މަޖިލީހުގެ ތިން ބައިކުޅަ އެއްބަޔަކީ 29 މެމްބަރުންނެވެ. ފޯޅަވަހި ކޯލިޝަންގައި ހިމެނެނީ ފިކުރެއްގެ ދިރުމުގެ 14 މެމްބަރުން، ޖޭޕީގެ ދެ މެމްބަރުން، ޕީޕީއެމްގެ ފަސް މެމްބަރުން، ޕީއެންސީގެ ތިން މެމްބަރުން އަދި އެމްއެންޕީގެ ތިން މެމްބަރުންނާއެކު ޖުމުލަ 27 މެމްބަރުންނެވެ. އެއީ ނަޝީދު އާއި ޖޭޕީގެ ލީޑަރު ގާސިމް ވެސް ހިމަނައިގެންނެވެ.
ފޯޅަވަހި ކޯލިޝަނުން މިހާރު ވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފަ އެވެ.

މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ކަނޑުގެ އިންވަކިކުރި މައްސަލައިގައި ކަމަށް ބުނެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މަގާމުން ވަކިކުރަން "ފޯޅަވަހި ކޯލިޝަނުން" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީން ބުނީ،
ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސް އިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި, ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުވިޔަ ނުދޭނެ,"
ދުވަހުގެ ފޮޓޯ

އުކުޅަހުގެ ފަޅުތެރޭގައި ސަފާރީއެއް ބާއްވައިގެން ބަނގުރާ ވިއްކާ ކަމަށް ބުނެ، އެ ރަށުގައި ތިބި ބަޔަކު ހިތްހަމަ ނުޖެހިގެން ނުކުމެ ކައުންސިލް އިދާރާގެ ދޮރުމަތީގައި ބޮއްކުރައެއް ބާއްވާފައި. އެ ބެއްކުރާގައި ސުޕްރޭކޮށް "ރ ސަފާރީ" ލިޔެފައިވާއިރު، ބޮއްކުރާގެ އެތެރޭގައި ބަނގުރާ ފުޅިތަކެއް ހުރިކަން ދެއްކުމަށް ފުޅިތަކަކަށް ދިޔާ އެއްޗެހިތަކެއް އެޅުމަށް ފަހު ބަހައްޓާފައި.












