ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް، ކްރޫޒް ޓާމިނަލަށް ހާއްސަކޮށްފައި އޮތް ބައި ހިއްކަން އުޅޭކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ހުޅުމާލޭގެ ފޭސް އެކަކަކާއި ފޭސް ދޭއްގެ ފަޅުތެރެއިން ވެސް ބައެއް ނަގައިގެން ބޮޑު ބިމެއް ހިއްކަން އުޅޭކަން "އަދަދު" އަށް އެނގިގެން އެކަމާ ބެހޭ ގޮތުން އާބަންކޯގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ ކުންފުނީގެ ބަހެއް ހަބަރު ޝާއިއުކުރުމާ ހަމައަށް ލިބިފައި ނުވެ އެވެ.
އެހެން ނަމަވެސް, އިއްޔެގެ ވަގުތެއްގައި މީޑިއާތަކަށް ފޮނުވި މެސެޖެއް މެދުވެރިކޮށް އާބަންކޯއިން ވަނީ އެކަމުގައި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ބުނެފަ އެވެ.
"ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް މިކޯޕަރޭޝަނާއި ސަރުކާރާއި ގުޅިގެން އަންނަނީ ކުރަމުން. އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވޭ," އެ މެސެޖުގައިވެ އެވެ.
އެނގިފައިވާ ގޮތުގައި ހިއްކަން ނިންމާފައިވާ ސަރަހައްދަކީ ފޭސް އެކެއްގައި މިހާރު މެރީ ބްރައުން ހިންގާ އިމާރާތް ހުރި ދިމާލުން ފެށިގެން ގޮސް ފޭސް ދޭއްގައި އޮންނަ ފަރުކޮޅު ފުށްޓާ ހަަމައަށެވެ. ހުޅުމާލޭގެ މާސްޓަ ޕްލޭންގައިވާ ގޮތުން އެއީ ކްރޫޒް ޝިޕްތައް ބަނދަރުކުރާ ޓާމިނަލަކާ އެކު، ފަޅުގެ ގޮތުގައި ބާއްވަން ކަނޑައަޅާފައި އޮތް ސަރަހައްދެކެވެ.

އެހެން ނަމަވެސް އެ ޕްލޭން ބަދަލުކޮށް އެ ސަރަހައްދު ހިއްކަނީ މާލޭގެ ރައްޔިތުންނަށް ގޯތިދޭން ސަރުކާރުން ވެފައިވާ ވައުދު ފުއްދަން ބޭނުންވާ ބިން އުފެއްދުމަށެވެ.
އެ ސަރަހައްދު ހިއްކާ އިރު ފޭސް އެކަކާއި ދޭއް ގުޅޭ ސަރަހައްދުގައި މިހާރު އޮތް ޗެނަލް ހުރަސްކޮށް ހިއްކަން ޖެހޭތީ އާބަންކޯއިން ނިންމާފައި އޮތީ އެ ޗެނަލް ގޮސް ފޭސް އެކެއްގެ ފަޅުތެރެއާ ގުޅޭ ގޮތަށް އަނބުރާލައި، މެރީ ބްރައުން ހުރި ސަރަހައްދާއި އަލަށް ހިއްކާ ބަޔާ ދެމެދު ހުސްތަނެއް ބާއްވާށެވެ. އޭރުން ޗެނަލްގެ އެ ސަރަހައްދު އޮންނާނީ ރަށުދިގަށެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
އިއްޔެ ފާހަގަ ކުރި ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ނެރުއްވި ހިތޯބުގައި ވިދާޅުވީ،
ގައުމުގެ ކޮންމެ ކުއްޖަކީ ލޯތްބާއި އުފަލުގައި ހެދިބޮޑުވާ، އަދި ރަނގަޅު ތައުލީމު ލިބިގެން، އިސްލާމީ ރިވެތި އަހުލާގުގެ މަތީގައި ތަރުބިއްޔަތުވާ ކުއްޖަކަށްވުމަކީ، ގައުމަށް ލިބޭނެ އެންމެ ބޮޑު ނަސީބެވެ. އަޅުގަނޑުމެންގެ ކޮންމެ މަންމައަކާއި ކޮންމެ ބައްޕައެއް އަދި ކޮންމެ ބެލެނިވެރިއަކުމެ މަސައްކަތްކުރަންވީ، އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ކޮންމެ ކުއްޖަކަށް އެ ފުރުސަތު ހޯއްދަވައިދެއްވުމަށެވެ،"
ދުވަހުގެ ފޮޓޯ

ހޭންޑުބޯޅައުގެ 17 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމަށް ޖާޒީ ހަވާލުކުރުމަށް އަންގާރަ ދުވަހު ބޭއްވި ހަފުލާގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު











