ރައީސްގެ ސެކިއުރިޓީ ފެއިލްވުމުގައި ކޮމާންޑިން އޮފިސަރުގެ އިހުމާލެއް ނެތް: އެމްއެންޑީއެފް

ބްރިގޭޑިއާ ޖެނެރަލް ކަމަށް ޕްރޮމޯޓުވި ކާނަލް އަބްދުﷲ އިބްރާހިމް؛ މޮޓަރުކޭޑު މައްސަލައިގައި އޭނާގެ އިހުމާލެއް ނެތް ކަމަށް އެމްއެންޑީއެފުން ބުނޭ--- ފޮޓޯ: ސަން

ބްރިގޭޑިއާ ޖެނެރަލް ކަމަށް ޕްރޮމޯޓުވި ކާނަލް އަބްދުﷲ އިބްރާހިމް؛ މޮޓަރުކޭޑު މައްސަލައިގައި އޭނާގެ އިހުމާލެއް ނެތް ކަމަށް އެމްއެންޑީއެފުން ބުނޭ--- ފޮޓޯ: ސަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅި މައްސަލައިގައި އޭރު ޕްރެޒެޑެންޝިއަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މަގާމުން އެކަހެރި ކުރުމަށްފަހު ކުރިއަށްގެންދިޔަ އިންކުއަރީން އޭނާގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ނިންމައިފި އެވެ.

މި ހާދިސާ ހިނގުމާ އެކު އެމްއެންޑީއެފުން އެތެރޭގެ އިންކުއަރީއެއް ފަށައި ޕްރެޒިޑެންޝިއަލް ގާޑްސްގެ ކޮމާންޑަރު ކަމުން އޭނާ އެކަހެރި ކުރި އެވެ. އަދި ބަދަލުގައި އެމަގާމު ވަގުތީގޮތުން ހަވާލުކުރީ މޭޖާ އިބްރާހިމް ހަލީމްއާ އެވެ. އޭގެ ފަހުން, ދާއިމީ ގޮތެއްގައި ޕްރެޒިޑެންޝިއަލް ގާޑްސްއަށް ކޮމާންޑަރަކު އައްޔަނުކުރިކަން އެމްއެންޑީއެފުން ހާމަކޮށްފައި ނުވެ އެވެ.

މި ކަމާ ގުޅިގެން އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކާނަލް އަބްދުﷲ އިބްރާހިމް މަގާމުން އެކެހެރިކުރީ އެޅި ފިޔަވަޅެއްގެ ގޮތުން ނޫން ކަމަށެވެ.

"މިގޮތަށް ކޮމާންޑަރުން އަދާކުރައްވާ ޒިންމާއާއި މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރިކުރަނީ އެފަދަ ކަންކަމުގެ އިންކުއަރީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި އިންސާފުވެރިކަމާއެކު ހިންގުމަށެވެ." އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި، މި މައްސަލައިގައި ހިންގި ތަހުގީގުން ކާނަލް އަބްދުﷲ އިބްރާހިމްގެ އެއްވެސް އިހުމާލެއްގައި ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

މާޗު 20 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި އޮތް އިވެންޓަކަށްފަހު ރައީސް އަދި އަނބިކަބަލުން ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއެޅީ އިދިކޮޅު ޕީޕީއެމް އޮފީސް ކުރިމަތީ މުޒާހަރާކުރަމުންދިޔަ އިދިކޮޅު އެކްޓިވިސްޓުންނެވެ. އަދި, މޮޓޯކޭޑު ތާާށިވެ 15 ވަރަކަށް މިނެޓު އެ ސަރަހައްދުގައި އޮތެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެއީ ސިފައިންގެ ސެކިއުރިޓީ ފެއިލިއާއެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އެ މައްސަލާގައި ޕީޕީއެމްގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު އައްބާސްގެ އިތުރުން ތިން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ވަނީ ޖަހާފަ އެވެ. އަދި, ސިފައިންގެ ތެރޭގައި ހާއްސަ ކޮމިޓީއެއް އުފައްދާ، އަބްދުﷲ ގެ އިތުރުން އެހެން އޮފިސަރުންވެސް މަގާމުން އެކަހެރިކުރި އެވެ.

މޮޓޯކޭޑަށް ހުރަސްއެޅުމާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީއިންވެސް ވަނީ ޑިފެންސް މިނިސްޓަރު މާރީޔާ ދީދީ ހާޒިރުކޮށް ސިއްރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox