ވަގު ޑޮލަރު ބޭނުންކޮށްގެން އައިފޯނެއް ގަތް މީހަކު ނުވަ މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ އިއްޔެ އެވެ.
އެ މައްސަލާގައި ޕްރޮސިކިއުޓަ ޖެނެރަލް ދައުވާ އުފުލީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް އައިފޯން 14 ޕްރޯ މެކްސް އަކަށް އޯޑަރުކޮށް އެ ފޯނު ހަވާލު ކުރަން ދިޔުމުން 15،000 ޑޮލަރަށްވާ 100 ޑޮލަރުގެ 15 ވަގު ނޫޓު ދިން މީހެއްގެ މައްޗަށެވެ. އޭނާ އެ ފޯނު ގަނެފައިވަނީ ނޮވެމްބަރު 2022 ގަ އެވެ.
ޕީޖީއިން އޭނާގެ މައްޗަށް ކުރީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ ލިބުނު ފަރާތުން ވަނީ ކޯޓުގައި އެ ދައުވާއަށް އިއުތިރާފުވެފަ އެވެ.
ޝަރީއަތުގައި އޭނާ އެއްބަސްވެ ކަން ހިނގި ގޮތް ކަމަށް ދިން ބަޔާނާއި ދައުވާގެ އުންސުރުތަކާ ފުށޫނާރާކަން ވެސް ކޯޓުން ބުނެފައިވެ އެވެ. އަދި އޭނާގެ އިއުތިރާފަކީ އަމިއްލަ އިހުތިޔާރުގައި އެއްވެސް ބިރެއް، މަޖުބޫރުކަމެއް ނެތި ވީ އިއުތިރާފެއްކަން ވެސް ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.
އޭނާގެ މައްޗަށް ކޯޓުން މިއަދު އިއްވީ ނުވަ މަސް ދުވަހުގެ ޖަލު އަދަބެކެވެ. އަދި 480 ގަޑިއިރު މުޖްތަމައުއަށް ހިދުމަތް ކުރުމަށް ވެސް އޭނާގެ މައްޗަށް ހުކުމް ކުރި އެވެ.

މުހިންމު ބައެއް ހަބަރު
ދުވަހުގެ ފޮޓޯ

ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ "ފަރުމާ " ފެސްޓިވަލްގައި ފަންނާނަކު މީހެއްގެ އަތްތިލައިގައި ކުލަ ޖެއްސުމަށް ހީނާ އިން މާގަނޑެއް ހަދައި ދެނީ. މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ އާޓް ފެސްޓިވަލް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު












