"އިންޑިއާ އައުޓް" ބެނާ ނެގި ފުލުހުންގެ މައުލޫމާތު ހާމަކުރަން ނުޖެހޭ ކަމަށް ހައި ކޯޓުން ހުކުމް ކޮށްފި

ގެއެއްގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާއެއް ނަގައިގެން ފުލުހުން ގެންދަނީ؛ ބެނާ ނެގި ފުލުހުންގެ މައުލޫމާތު ހާމަކުރަން ނުޖެހޭ ކަމަށް ހުކުމް ކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގެއެއްގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާއެއް ނަގައިގެން ފުލުހުން ގެންދަނީ؛ ބެނާ ނެގި ފުލުހުންގެ މައުލޫމާތު ހާމަކުރަން ނުޖެހޭ ކަމަށް ހުކުމް ކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާލޭގެ ހަތަރު ގެއެއްގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ޝިއާރުގެ ބެނާތައް ނެގުމުގައި ހަރަކާތްތެރިވި ފުލުހުންގެ މައުލޫމާތު ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް އިން) އެންގި އެންގުން ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން ފުލުހުންގެ އިދާރާގައި އެދިފައިވަނީ ބެނާތައް ނަގަން އަމުރުކުރި ފުލުހުންގެ އިސްވެރިޔާގެ ނަމާއި، ބެނާތައް ނަގަން ހަރަކާތްތެރި ފުލުހުންގެ ނަމާއި، ބޮޑީކެމް ފުޓޭޖެއް ހިމެނޭ ނަމަ އެ ފުޓޭޖެއް ދިނުމަށެވެ.

އޮޕަރޭޝަން ހިންގުމުގައި ހަރަކާތްތެރިވި ފުލުހުންގެ ކޮމާންޑަރުގެ ނަމާއި އެ އޮފިސަރުގެ ރޭންކުގެ މައުލޫމާތު ވެސް ދިނުމަށް އެދިފައިވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މުއައްސަސާއިން އެ މައްސަލަ އަޒާންގެ ފަރާތުން އައިކޮމްގައި ހުށަހެޅުމުން، އެ ކޮމިޝަނުން ފުލުހުންނަށް އެންގީ މައުލޫމާތުތައް ދިނުމަށެވެ. ސަބަބެއްގެ ގޮތުގައި އޮތީ އާންމު މަސްލަހަތު ހިމެނޭ މައުލޫމާތުތައް ދިނުމަށް ގާނޫނުގައި ލާޒިމުކޮށްފައި އޮތުމެވެ. އަދި, އެ މައުލޫމާތަކީ އެ ގޭގެ ވެރި ފަރާތަކަށް މިހާރު ވެސް ދޫކޮށްފައިވާ މައުލޫމާތަކަށް ވާތީ ކަމަށެވެ.

ފުލުހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލާގައި ބުނެފައިވާ ގޮތުގައި، އެ މައުލޫމާތުތައް ނުދިނުމަށް ފުލުހުން ބޭނުން ވަނީ އެ މައުލޫމާތުތައް ހާމަކޮށްފިނަމަ އެ ފުލުހުންގެ ފުރާނައަށާއި ރައްކާތެރިކަމަށް ގެއްލުމެއް ލިބިދާނެތީ އެވެ. އަދި, އޭގެ ސަބަބުން ފުލުހުންގެ ތަހުގީގުތަކަށް ހުރަސް އެޅުމުގެ ފުރުސަތު އޮތުމަކީ ވެސް ފުލުހުންގެ ފަރާތުން ފާހަގަ ކުރާ ނުކުތާއެކެވެ.

ހައި ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ ތަހުގީގު ކުރެވެމުންދާ މީހާއަށް ބަލައިފާސްކުރުމަށް ފަހު ހިފެހެއްޓުނު ތަކެތީގެ އިންވެންޓަރީގެ ފޯމުގައި ހިމެނޭ ހުރިހާ މައުލޫމާތެއް އެއީ މައުލޫމާތަށް އެދޭ ކޮންމެ ފަރާތަކަށް "މުތުލަގަށް" ދެވޭ މައުލޫމާތަކަށް ވާނަމަ "އާންމު މަސްލަހަތު" ހިފެހެއްޓޭނެ ކަމަށް ނުފެންނަ ކަމަށެވެ.

"އާންމު މަސްލަހަތު" މާނަކުރުމުގައި ޝަރުތެއް ފުރިހަމަ ވާން ޖެހޭ ކަމަށް ވެސް ހުކުމުގައިވެ އެވެ. ފުރަތަމަ ޝަރުތަކީ އެ ފައިދާއިން އެއްވެސް މީހަކު ބާކީ ނުވުމެވެ. އަދި, ދެވަނަ ޝަރުތަކީ އެ ފައިދާގެ ބޭނުން އެކަކު ކުރުމަކީ އަނެކަކަށް އެ ފައިދާ ބޭނުން ނުކުރެވޭ ސަބަބަކަށް ނުވުމެވެ.

"ވަކި ޖަމާއަތެއް، ނުވަތަ ވަކި ބައެއް، ނުވަތަ ވަކި ފިކުރެއްގެ އަމިއްލަ މަސްލަހަތަކީ ވެސް މި މާނަގައިގެ ތެރޭގައި ހިމެނޭ މާނައެއް ނޫން،" ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރެފައިވާ ހުކުމުގައިވެ އެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސައިން މަޒީދާއި، ފަނޑިޔާރު ދީބަނާޒު ފަހުމީ އެވެ.

އިންޑިއާ އައުޓް މައްސަލައިގެ ފަސްފަހަތް؛

"އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއންސީން ކުރިއަށްގެންދާ ހަރަކާތެކެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް ދަނީ ދޮގު ކުރަމުންނެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އަންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ގަރާރެއް ވެސް ނެރުއްވި އެވެ. އެ ހަރަކާތަކީ ވަކި ގައުމަކާ ދެކޮޅަށް ހިންގޭ ނަފުރަތު އުފެއްދުމުގެ ހަރަކާތްތަކެއް ކަމަށާއި އެފަދަ ހަރަކާތްތައް ހުއްޓުވަން ޖެހޭނެ ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާ ކަން އެ ގަރާރުގައި ފާހަގަ ކުރެ އެވެ.

"އިންޑިއާ އައުޓް" އެ ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުންފަދަ އަމަލެއް ކަމުގައި އެ ގަރާރުގައި ފުރަތަމަ ވެސް ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox