ރައީސްގެ ސެކިއުރިޓީ ބްރީޗުވުމުން ސަސްޕެންޑު ކުރި ކޮމާންޑިން އޮފިސަރު ބްރިގޭޑިއާ ޖެނެރަލަކަށް

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި އެކަހެރިކުރި ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހިމް - ފޮޓޯ: އެމްއެންޑީއެފް

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި އެކަހެރިކުރި ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހިމް - ފޮޓޯ: އެމްއެންޑީއެފް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅި މައްސަލާގައި މަސްއޫލިއްޔަތުތަކުން އެކަހެރިކުރި އޭރު ޕްރެޒެޑެންޝިއަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އިބްރާހިމަށް ބްރިގޭޑިއާ ޖެނެރަލްގެ މަގާމަށް ޕްރޮމޯޓު ކޮށްފި އެވެ.

ސިފައިންގެ މަގާމުތައް ބެހިފައިވާގޮތުން ހަތަރުވަނައަށް އެންމެ މަތީ ރޭންކަށް އަބްދުﷲ ޕްރޮމޯޓުކޮށްފައި މިވަނީ ރައީސްގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އަޅައި ހުއްޓުވިތާ ދެ މަސްދުވަސް ނުވަނީހެވެ.

އަބްދުﷲ އަށް މަގާމުގެ ކުރިއެރުން ދީފައިވާކަން ސިފައިންގެ މީޑިއާ އޮފިޝަލް މިއަދު "އަދަދު" އަށް ކަށަވަރުކޮށްދީފައިވާއިރު އިތުރަށް އެ މައްސަލައާ ގުޅިގެން އަބްދުﷲ ސަސްޕެންޑު ނުކުރާ ކަމަށާއި ވަޒީފާއިން އެކަހެރިކުރީ ސިފައިންގެ ގަވާއިދު ބުނާ ގޮތުގެ މަތިން ކަމަށެވެ.

ރައީސްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކޮމާންޑު ފަހުން ވަނީ ވަގުތީގޮތުން ހަވާލުކުރީ މޭޖާ އިބްރާހިމް ހަލީމްއާ އެވެ. އޭގެ ފަހުން, ދާއިމީ ގޮތެއްގައި ޕްރެޒިޑެންޝިއަލް ގާޑްސްއަށް ކޮމާންޑަރަކު އައްޔަނުކުރިކަން އެމްއެންޑީއެފުން ހާމަކޮށްފައި ނުވެ އެވެ.

މާޗު 20 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި އޮތް އިވެންޓަކަށްފަހު ރައީސް އަދި އަނބިކަބަލުން ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއެޅީ އިދިކޮޅު ޕީޕީއެމް އޮފީސް ކުރިމަތީ މުޒާހަރާކުރަމުންދިޔަ އިދިކޮޅު އެކްޓިވިސްޓުންނެވެ. އަދި, މޮޓޯކޭޑު ތާާށިވެ 15 ވަރަކަށް މިނެޓު އެ ސަރަހައްދުގައި އޮތެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެއީ ސިފައިންގެ ސެކިއުރިޓީ ފެއިލިއާއެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އެ މައްސަލާގައި ޕީޕީއެމްގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު އައްބާސްގެ އިތުރުން ތިން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ވަނީ ޖަހާފަ އެވެ. އަދި, ސިފައިންގެ ތެރޭގައި ހާއްސަ ކޮމިޓީއެއް އުފައްދާ، އަބްދުﷲ ގެ އިތުރުން އެހެން އޮފިސަރުންވެސް މަގާމުން އެކަހެރިކުރި އެވެ.

މޮޓޯކޭޑަށް ހުރަސްއެޅުމާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީއިންވެސް ވަނީ ޑިފެންސް މިނިސްޓަރު މާރީޔާ ދީދީ ހާޒިރުކޮށް ސިއްރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox