ހުލާސާކޮށް އިއްޔެ: ނަޝީދު އާއި ޕީޕީއެމް/ޕީއެންސީން އެއް މޭޒަށް

May 9, 2023, 1:17 AM
އިދިކޮޅު ޕީޕީއެމްޕީއެންސީގެ ވަފުދަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އިއްޔެ ބައްދަލުކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓެނީ. -- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމްޕީއެންސީގެ ވަފުދަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އިއްޔެ ބައްދަލުކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓެނީ. -- ފޮޓޯ: ޕީޕީއެމް

ޗާގޯސް އަކީ މޮރިޝަަސްގެ ބައެއް ކަމަށް ބަލައިގެން އެގައުމާއި ރާއްޖެއާ ދެމެދު ހާއްސަ އިގުތިސާދީ ސަރަހައްދު ކަނޑައެޅި އިރު، ސަރުކާރުން އަމަލުކުރި ގޮތާ މެދު އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ މަޝްވަރާކޮށްފި އެވެ.

މަޖިލީހުގައި ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިނބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ. އަދި ނަޝީދު، އެމްޑީޕީގެ އެތެރޭގައި ހައްދަވައިގެން އުޅުއްވާ ފިކުރެއްގެ ދިރުން ފެކްޝަނުގައި އިސްކޮށް އުޅުއްވާ، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވެސް އެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގެ މައުލޫމާތު ދެއްވަމުން ޝިޔާމް "އަދަދު"އަށް ވިދާޅުވީ ޗާގޯސް މައްސަލާގައި ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ޕީޕީއެމް/ޕީއެންސީން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުންނާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާ ވެސް މިއަދު ބައްދަލުކުރީ އެގޮތުން ކަމަށެވެ.

"އެހެންވީމާ އެގޮތުން އަޅުގަނޑުމެންގެ މިކަމުގައި އޮތް ކަންބޮޑުވުމާއި، ގާނޫނާ ހިލާފަށް ސަރުކާރުން ކޮށްފައި ހުރި ކަންތައްތަކާ ވާހަކަ ދައްކަން ވެގެން [ނަޝީދު އަރިހަށް] މިދިޔައީ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ވެސް ގަބޫލުކުރައްވާ މިކަމުގައި ސަރުކާރުން ގޯސްތަކެއް ހަދާފައި އޮތް ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

"ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023" ގެ ނަމުގައި ރޭ ފެށި އާޓް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، މިއަދު ފަހުރުވެރިވާ ދިވެހިންގެ ސަގާފަތާއި، ދިވެހިންގެ ތާރީހަކީ، ކާބަފައިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމުން އުފެދުނު ގައުމީ ތަރިކައެއްކަން ފާހަގަ ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ؛

އަޅުގަނޑުމެން މިއަދު މި ކިޔާ ފަންނުވެރިކަމަކީ، އިންސާނީ ވަސީލަތް ތަރައްގީކުރުން. ގައުމީ ތަރައްޤީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުން. ގައުމު، ޤައުމަކަށް ވަނީ، ޒަމާނީ ވިސްނުންތަކާއެކު އެތަނެއް ތަރައްގީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަ މަސައްކަތުން،"

ދުވަހުގެ ފޮޓޯ

ދދދ
ދދދ

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް އިއްޔެ ބައްދަލުކުރި މެޗުގެ ތެރެއިން. އެ މެޗުން ޓީސީ މޮޅުވީ 2-0 އިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox