ހުލާސާކޮށް އިއްޔެ: ހުމާމުގެ މަރުގެ ހުކުމް ރިވިއުކޮށްދޭން ހުށަހެޅުން

May 8, 2023, 1:07 AM
ޑރ. އަފްރާޝީމުގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ހުމާމް އަހުމަދު -- ފޮޓޯ: ސަން.އެމްވީ

ޑރ. އަފްރާޝީމުގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ހުމާމް އަހުމަދު -- ފޮޓޯ: ސަން.އެމްވީ

ދީނީ އިލުމްވެރިޔާ ޑރ. އަފްރާޝީމް އަލީގެ ގާތިލް، ހުސައިން ހުމާމް އަހްމަދުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ރިވިއުކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ހުމާމްގެ މައްސަލަ ރިވިއުކޮށްދޭން އޭނާގެ ފަރާތުން އެދިފައި ވަނީ މިދިޔަ މަހުގެ ފަަހުކޮޅު އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.

އޮކްޓޯބަރު 2012 ގައި ތޫނު އެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވީ 2016 ގަ އެވެ. އެ ހުކުމް ހައިކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް ދެމެހެއްޓި އެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އިތުރު މީހެއްގެ މައްޗަށް ވެސް ތުހުމަތު ކުރި އެވެ. އެހެން ނަމަވެސް އެކުށް އޭނާގެ މައްޗަށް ސާބިތުނުވުމުން ދޫކޮށްލި އެވެ.

ހުމާމްގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރާނެ ކަމަށް ކުރީގެ ސަރުކާރުން ބުނި ނަމަވެސް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ. ހުމާމްއަށް ހުކުމްކުރާތާ 30 ދުވަހުގެ ތެރޭގައި ދަން ޖައްސައިގެން ހުކުމް ތަންފީޒުކުރާނެ ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ.

މަރުގެ ހުކުމް އިއްވާފައި އެހެން ނަމަވެސް ހުކުމް ތަންފީޒު ނުވެ ތިން މީހަކު އެބަތިއްބެވެ. އެއީ ހުމާމް އާއި، ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި އަހުމަދު މުއްރަތާއި 2009 ގައި މަރާލި އަބްދުﷲ ފަރުހާދުގެ ގާތިލު މުހައްމަދު ނަބީލެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

މުޖުތަމައުގައި ދިރިއުޅެމުންދާއިރު، ބޭއިންސާފުން ކަމެއް މެދުވެރިވުމުން އިންސާފު ހޯދުމަށް ދާން އޮތް ތަނަކީ ކޯޓުތަކެވެ. ނުހައްގުން ވަޒީފާ ގެއްލުމުން އޭގެ ބަދަލު ހޯދަން ވެސް މި ދާން ޖެހެނީ އެ ތަނަށެވެ. ވިޔަފާރީގެ މުއާމަލާތެއްގެ ތެރެއިން އެކަކު މަކަރު ހެދުމުން، އޭގެ ބަދަލު ހޯދެނީ ވެސް ކޯޓު މެދުވެރިކޮށެވެ. އާއިލާ ތެރޭގެ މައްސަލަތަކާއި ވާރުތަ މުދަލުގެ ކަންކަން ވެސް ކަނޑައެޅެން އަންނަނީ ކޯޓުންނެވެ. އަނިޔާއެއް ލިބުނަސް، ޓަކި ޖަހަން ދާން ޖެހެނީ ހަމަ ފަނޑިޔާރުގޭގެ ދޮރޯށީގަ އެވެ.

ދުވަހުގެ ފޮޓޯ

އޮފީސްތަކުގެ ވޮލީ މުބާރާތުގައި ރޭ އެމްއޭސީއެލް އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން --  އަބްދުﷲ އިޔާން/އަދަދު
އޮފީސްތަކުގެ ވޮލީ މުބާރާތުގައި ރޭ އެމްއޭސީއެލް އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން -- އަބްދުﷲ އިޔާން/އަދަދު

އޮފީސްތަކުގެ ވޮލީ މުބާރާތުގައި ރޭ އެމްއޭސީއެލް އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން -- އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox