ކޭޕާކު ރެޒިޑެންސުން އެޕާޓުމަންޓު ގަނެފައިވާ މީހުން ޝަކުވާ ހުށަހެޅުމަށް ފުލުހުން އެދިއްޖެ

2019 ގައި އޮތް ހައިރައިޒް ލިވިން އެކްސްޕޯގައި ކޭޕާކު ރެސިޑެންސްގެ މޮކްއަޕެއް ދައްކާލަން ބަހައްޓާފައި -- ކޭޕާކު

2019 ގައި އޮތް ހައިރައިޒް ލިވިން އެކްސްޕޯގައި ކޭޕާކު ރެސިޑެންސްގެ މޮކްއަޕެއް ދައްކާލަން ބަހައްޓާފައި -- ކޭޕާކު

ހަމްބޯޓެކް ކޮރެއާއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭޕާކް ރެސިޑެންސް އިން އެޕާޓުމަންޓު ގަނެފައިވާ މީހުންގެ ޝަކުވާއެއް އޮތްނަމަ، ލަސްނުކޮށް އެކަން ފުލުހުންނަށް ހުށަހެޅުމަށް އެ މުއައްސަސާއިން އެދިއްޖެ އެވެ.

ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޭޕާކު ރެސިޑެންސް އިމާރާތް ކުރަމުން އަންނަ ކުންފުނީގެ މައިނޯރިޓީ ޕާޓުނަރު، ހަސަން މަމްދޫހު (މަންޑޭ) ހަންބޯގެ ނަމުގައި އަސްލު ނޫން ލިޔެކިިޔުންތަކެއް ތައްޔާރުކޮށް އާންމުންނަށް އެތަންތަން ވިއްކަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

"ހަންބޯ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއި އާބަންކޯ (ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން) ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭޕާކު ރެޒިޑެންސްގެ އެޕާޓުމަންޓުތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ކޭޕާކު ރެޒިޑެންސްގެ އެޕާޓުމަންޓުތައް އެކި ފަރާތްތަކަށް ވިއްކައި، ލިބުނު ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވިގެން ހުށަހަޅާފައިވާ މައްސަލަ މި ހިދުމަތުން ދަނީ ތަހުގީގު ކުރަމުންނެވެ،" އެ ބަޔާނުގައިވެ އެވެ.

Advertisement

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ހަންބޯޓެކް ޕްރައިވެޓް ލިމިޓެޑަށް ކޭޕާކު ރެޒިޑެންސް އިމާރާތްކުރުމަށް ލޭންޑުލޯޑެއްގެ ހައިސިއްޔަތުން ހަވާލުކުރި، އާބަންކޯއިންނެވެ. އެކަން އެ ކުންފުނީގެ ސަމާލުކަމަށް ގެނައީ ހަންބޯ ކޮރެއާއިންނެވެ.

އެ މައްސަލަ އާބަންކޯގެ ސަމާލުކަމަށް ގެނައުމާއެކު އެ ކޯޕަރޭޝަނުން ވަނީ އެކަމުގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ.

އެ މައްސަލައާ ގުޅިގެން މިރޭ ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލައިގައި އެއްވެސް ޝަކުވާއެއް އޮތްނަމަ އިކޮނޮމިކް ކުރައިމް ޑިޕާޓުމެންޓުގެ ނަންބަރު، 9790048 އަށް ގުޅައި އެކަން ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

މަކަރާއި ހީލަތުން ކޭޕާކު ރެޒިޑެންސުގެ އެޕާޓުމަންޓުތައް މީހުންނަށް ވިއްކައި، ލިބުނު ފައިސާއަށް އެ ކުންފުނީގެ ދިވެހި ހިއްސާދާރު، މަންޑޭ ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ހަންބޯ ކޮރެއާއިން ނެރުނު ބަޔާނުގައި ވަނީ އެ އެޕާޓުމަންޓުތައް ވިއްކުމުގެ ބާރު އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެންނާއި މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން މަންޑޭ ވެސް ބައެއް އެއްބަސްވުންތަކުގައި ސޮއިކޮށް އެޕާޓުމަންޓު ވިއްކާފައިވާ ކަމަށް އެ ކުންފުނިން ތުހުމަތުކޮށްފައިވެ އެވެ.

އެތަނުން އެޕާޓުމަންޓު ގަތް ފަރާތްތަކުގެ އެއްވެސް ޝަކުވާއެއް އޮތްނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް އެންގުމަށް އެ މުއައްސަސާއިން އެދިފައިވާއިރު، ހަންބޯ ކޮރެއާއިން ވަނީ ކޭޕާކު ރެޒިޑެންސުން އެޕާޓުމަންޓު ގަތް ގިނަ ކަސްޓަމަރުންނާ ހަވާލާދީ ވެސް ވާހަކަތަކެއް އެކުންފުނީގެ ބަޔާނުގައި ހިމަނައިފަ އެވެ.

އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އާބަންކޯގެ ސަމާލުކަމަށް އެކަން ގެނައި ކަމުގައިވީ ނަމަވެސް މި އަހަރުގެ ފަހު ކުއާާޓަރުގައި ކޭޕާކު ރެޒިޑެންސްގެ މަސައްކަތް އެއްކޮށް ނިންމައި އެޕާޓުމެންޓުތައް ހަވާލުކުރެވޭނެ ކަމަށް ހަމްބޯއިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox