ހުލާސާކޮށް އިއްޔެ: ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހޯދުން

May 7, 2023, 2:49 AM
ރަސްދޫ ޕޮލިސް ސްޓޭޝަނުން ފިލި ޝަހުބާން

ރަސްދޫ ޕޮލިސް ސްޓޭޝަނުން ފިލި ޝަހުބާން

އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުއްޓައި ފިލި މީހާ ހޯދި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރެއަށް ނެރުނު ވަގުތު ފާރުމަތިން ފުންމާލައިގެން ފިލީ އއ. ހިމަންދޫ، ދަބުގެ، ހުސައިން ޝަހުބާން، 25، އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ ރަސްދޫއާ ކައިރި ފަޅު ރަށެއްގެ ފަޅު ތެރޭގައި އޮއްވަ އެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.

ގުދުރަތީ ގޮތުން އަތޮޅުގެ ބޭރުގައި ވަކި ފަޅެއްގައި އޮންނަ ރަސްދޫ ކައިރީގައި ދެން އޮންނަނީ ކުރަމަތި ރިސޯޓާއި ވެލިގަނޑު އައިލެންޑް ރިސޯޓެވެ.

ޝަހުބާނައަކީ އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތު ކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ފިލި އިރު އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

މައުލޫމާތު ހޯދަން ހުށަހަޅާ މިންވަރު އިތުރުވަމުން އަންނައިރު، 80 ޕަސެންޓު ހުށަހެޅުންތަކަށް މުއައްސަސާތަކުން "އަޅައިނުލާ" ކަން ފާހަގަ ކުރައްވައި، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ،

ނޫސްވެރިން ވެސް، އާންމުންގެ ފަރާތްތަކުން ވެސް، ޖަމިއްޔާ ޖަމާއަތްތަކުން ވެސް މައުލޫމާތު އެދޭ މިންވަރު ވެސް އެބަ އިތުރުވޭ، އެހެން އެ ކަން ވިޔަކަސް، އެ އެދޭ މިންވަރު އިތުރުވާ ރޭޓަށް ވުރެ ބޮޑަށް ޝަކުވާތައް އަންނަ ވަރުގެ ރޭޓު މާ ބޮޑަށް ވެސް އިތުރު،"

ދުވަހުގެ ފޮޓޯ

އިނގިރޭސި ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިނގިރޭސި ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިނގިރޭސި ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox