ހައްޖަށް ގެންދާ ގްރޫޕަކުން 150،000.ރ ނަގާ މައްސަލައެއް ބަލަނީ

May 4, 2023, 3:48 AM
ހައްޖަށް ގެންދާ ގްރޫޕަކުން 150،000.ރ ނަގާ މައްސަލައެއް ބަލަނީ

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދަން ގްރޫޕްތަކަށް ހުއްދަ ދިން އިރު ކަނޑައަޅާފައިވާ އަގަށް ވުރެ ދެގުނަ ބޮޑު އަގެއް ނަގަން ގްރޫޕަކުން މަސައްކަތް ކުރި ކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓްރީއަށް މީހަކު ހުށަހަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖަށް މީހުން ގެންދަން ހުއްދީފައިވާ ބައެއް ކުންފުނިތަކުން، ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް އިތުރަށް ފައިސާ ނަގާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެ ޝަކުވާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށާއި މައްސަލަ ބެލުމަށް ފަހު، އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގަން އުޅެނީ ހައްޖަށް ދާން ބޭނުންވާ މީހުންގެ އަދަދު، އެ ކުންފުނިތަކަށް ލިބުނު ކޯޓާއަށް ވުރެ އެތައް ގުނައެއް އިތުރުކަން އެނގޭތީ، ބޮޑު އަގު ދައްކާ މީހުންނަށް ޖާގަ ދޭ އުސޫލުންނެވެ. އެގޮތުން 150،000ރ. ދައްކާ މީހުންނަށް ނޫނީ ޖާގަ ނުދޭން ބައެއް ގްރޫޕްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހައްޖަށް މީހުން ގެންދަން މިފަހަރު ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ތިން ކުންފުންޏަކަށެވެ. އެ ތިން ކުންފުނީގެ ތެރެއިން އެންމެ ބޮޑު އަގެއް ނަގަން ހުއްދަ ދިން ކުންފުންޏަށް ވެސް ސަރުކާރުން ކަނޑައަޅާފައިވާ އަގަކީ 75،465.ރ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox