ކޭޕާކު ހަދާ މައި ކުންފުނިން މަމްދޫހަށް ބޮޑެތި ތުހުމަތުތަކެއް، މައްސަލަ ފުލުހަށް

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހުންނަ ކޭ-ޕާކް ރެޒިޑެންސް: މިއީ ކޮރެއަން ސްޓައިލްގެ 110 ލަގްޒަރީ އެޕާޓަމަންޓުގެ ރެޒިޑެންޝަލް ޓަވަރެއް. -- ފޮޓޯ: އަދަދު

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހުންނަ ކޭ-ޕާކް ރެޒިޑެންސް: މިއީ ކޮރެއަން ސްޓައިލްގެ 110 ލަގްޒަރީ އެޕާޓަމަންޓުގެ ރެޒިޑެންޝަލް ޓަވަރެއް. -- ފޮޓޯ: އަދަދު

ހުޅުމާލޭގައި ކޭޕާކު މަޝްރޫއު ހިންގާ ހަމްބޯޓެކް ކޮރެއާއިން އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހަށް ބޮޑެތި ތުހުމަތުތަކެއްކޮށް އޭނާގެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

ހަމްބޯޓެކް ކޮރެއާގެ ފަރާތުން ރާއްޖޭގައި މަޝްރޫއު ހިންގުމަށް އުފެއްދި ކުންފުނި، ހަމްބޯ މޯލްޑިވްސްގެ 95 ޕަސެންޓު ހިއްސާ އޮންނަނީ އެ ކުންފުނީގެ އެމްޑީ، ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝިހޫ އަތުގަ އެވެ. ބާކީ ފަސް ޕަސެންޓު ހިއްސާ އޮންނަނީ ދިވެހި ހިއްސާދާރު ހަސަން މަމްދޫހުގެ އަތުގަ އެވެ.

ހަމްބޯގެ މައި ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ މަމްދޫހާއި އޭނާގެ ވިޔަފާރި ޕާޓުނަރު ޖައިޝަން ސައީދު، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލާތުން އޮޅުވާލައިގެން އެޕާޓްމެންޓުތައްް ވިއްކައި ފައިސާ އަތުލާފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެެ.

އެކަމާ ހެދި މަމްދޫހުއާ އޮތް ވިޔަފާރީގެ ގުޅުން ކަނޑާލައި، އޭނާގެ އިތުރުން މަކަރާއި ހީލަތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރާ އެހެން މީހުންގެ މައްސަލަ ހަމްބޯއިން ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ.

ހަމްބޯއިން ބުނާ ގޮތުގައި އެ ކުންފުނީގެ ފަރާތުން ފާސްކޮށް އެޕާޓްމެންޓުތައް ވިއްކުމުގެ ބާރު އެއްވެސް މީހަކަށް ދީފައި ނުވަނީސް މަމްދޫހު ވަނީ ނުއަގުގައި އޮޅުވާލައިގެން ގިނަ ބަޔަކަށް އެޕާޓްމެންޓުތައް ވިއްކައިފަ އެވެ.

ގަނެވިއްކުމުގެ އެއްބަސްވުމުގައި މަމްދޫހު ސޮއިކޮށްފައި ވަނީ، މައި ހިއްސާދާރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން މަމްދޫހުގެ ވިޔަފާރި ޕާޓްނަރު ޖައިޝަން ސައީދަށް ދިން ކަމަށް ބުނާ ގަރާރެއް ބޭނުންކޮށްގެން ކަމަށް ވެސް ވެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސޮއިކޮށްފައި ހުރި އިރު، މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކަމަށް ބުނެ އޮޅުވާލައިގެން މަމްދޫހު ވެސް އެއްބަސްވުންތަކުގައި ސޮއިކޮށްފައި ހުއްޓެވެ.

ގިނަ އަދަދެއްގެ ކަސްޓަމަރުންނާ ހަވާލާދީ ހަމްބޯއިން ބުނި ގޮތުގައި ކަސްޓަމަރުންގެ ގާތު އެޕާޓްމެންޓަށް ފައިސާ ދެއްކުމަށް މަމްދޫހު އެދިފައި ވަނީ ނަގުދު ފައިސާއިންނެވެ. އަދި ފައިސާ ހޯދުމަށް ސީދާ މުއާމަލާތްކޮށްފައި ވަނީ ޖައިޝަން އާއި މަމްދޫހު ކަމަށް ވެސް ބުންޏެވެ.

މަމްދޫހާއި ޖައިޝަންއަށް މަކަރާއި ހީލާތުގެ ތުހުމަތުކޮށް ކުންފުންޏާ ބެހޭ އެއްވެސް ކަމެއްގައި އެ ދެ މީހުންނާ މުއާމަލާތު ނުކުރުމަށް އެޗްޑީސީއާއެކު ބޭއްވި ބައްދަލުވުމެއްގައި ހަމްބޯއިން މިހާރު ވަނީ އެދިފަ އެވެ. އަދި ހަމްބޯ މޯލްޑިވްސްއާއެކު ހެދި އެއްބަސްވުން އުވާލައި, މައި ކުންފުނީގެ ފަރާތުން ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި މީހަކު ވަނީ ހަމަޖައްސައިފަ އެވެ.

އެ ކުންފުނީގެ ބޭންކް އެކައުންޓު ހުޅުވާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް، ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހު ފައިސާ ހޯދާފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އެކައުންޓެއްގެ އިތުރުން ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ކަމަށް ވެސް ހަމްބޯއިން ބުނެފައިވެ އެވެ.

ބީއެމްއެލްއިން ހޯދި މައުލޫމާތާ ހަވާލާދީ އެ ކުންފުނިން އިތުރަށް ބުނި ގޮތުގައި އެ އެކައުންޓް ހުޅުވީ ޖިން ޝިހޫ ޗައިނާގައި ހުރި ދުވަސްވަރެއްގަ އެވެ. އެކައުންޓު ހުޅުވުމުގެ ބޭނުމަށް އޭނާގެ ޕާސްޕޯޓު ކޮޕީއެއް ހުށަހެޅީ ވަކީލަކު އެ ކޮޕީގައި އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެން ކަމަށްވާއިރު، އެ ވަކީލާ އެއްގޮތަކަށް ވެސް ބައްދަލުނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަމްބޯއިން އިތުރަށް ތުހުމަތު ކުރާ ގޮތުގައި:

ޖިން ޝިހޫގެ ނަމުގައި ބީއެމްއެލްގައި ހެދި އެކައުންޓުތަކަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާ ކުރި ފައިސާ މަމްދޫހު ވަނީ ނަގާފައި

  • އެޕާޓްމެންޓުގެ އަގުގެ ބަދަލުގައި މީހުން އަތުން ކާރާއި އެ ނޫން ވެސް ތަކެތި ހޯދާފައިވޭ
  • އެއް އެޕާޓްމެންޓު އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވޭ
  • ކަސްޓަމަރުންނާ ހަދާފައިވާ އެއްބަސްވުންތަކާއި ފައިސާ ހަވާލުކުރިކަމުގެ ލިޔުންތައް ނުދީ ހިފަހައްޓަމުން ދޭ
  • ބައެއް މީހުން އަތުން ފައިސާ ނެގުމުގައި ކޮރެއާގެ ރައްޔިތެއް ކަމަށް ވާ ޖޮންވޫ ކިމް ދައްކައި އެއީ ހިއްސާދާރެއް ކަމަށް ދައްކާފައިވާއިރު، އޭނާ ވެސް ކުންފުނީގެ ނަމުގައި މުއާމަލާތުކޮށްފައިވޭ

މަމްދޫހުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ހަމްބޯއިން ވަނީ އެގޮތަށް އޮޅުވާލައިގެން ފައިސާ ނަގާފައިވާ ފަރާތްތަކުން އެކަމުގެ މައުލޫމާތު ތަހުގީގީ އިދާރާތަކަށް ހިއްސާކުރުމަށް އެދިފަ އެވެ.

ހަމްބޯ މޯލްޑިވްސްއާއެކު ހެދި އެއްބަސްވުން އުވާލައި މަމްދޫހުގެ މައްސަލަ ފުލުހަށް ހުށަހެޅި ނަމަވެސް، މި އަހަރުގެ ފަހު ކުއާާޓާގައި ކޭޕާކު ރެޒިޑެންސްގެ މަސައްކަތް ނިންމައި އެޕާޓްމެންޓުތައް ހަވާލުކުރެވޭނެ ކަމަށް ހަމްބޯއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox